އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑޮލަރުގެ އަގު ބޮޑުވަން ފަށައިފި- ބަޖެޓުގެ ސަބަބުން ތަކެތީގެ އަގު ބޮޑުނުވާނެކަން ކަށަވަރުކުރަން ޖެހޭނެ!: ސަލީމް

ޑޮލަރުގެ އަގު ބޮޑުވަން ފަށައިފި- ބަޖެޓުގެ ސަބަބުން ތަކެތީގެ އަގު ބޮޑުނުވާނެކަން ކަށަވަރުކުރަން ޖެހޭނެ!: ސަލީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ޑޮލަރުގެ އަގު މިހާރުވެސް ބޮޑުވަން ފަށައިފި ކަމަށާއި ބަޖެޓުގެ ސަބަބުން ތަކެތީގެ އަގު އިތުރަށް ބޮޑުނުވާނެކަން ކަށަވަރުކުރަން ޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ބޭންކްތަކަށް ޑޮލަރު ލިބުން ދަތިވެ ނުލިބޭތީ ޑޮލަރުގެ އަގު މިއަދު ހުރީ 15.75 އަށް ކަމަށެވެ. އަދި މިހެން މިވަނީ އެމްއެމްއޭގައި އެކަށީގެންވާ ރިޒާވެއް ނެތުމުން ކަމަށެވެ.

ސަލީމް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއަކަށްވުރެ އިތުރަށް ޚަރަދުކުރާ ނަމަ ޑޮލަރު ލިބުން ދާނީ ދަތިވަމުން ކަމަށާއި އެހެންކަމުން ދައުލަތުން 37.5 ބިލިއަން ރުފިޔާގެ މިހައި ބޮޑު ބަޖެޓެއް ފާސްކުރާއިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އަދަދު ހޯދުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ ދައުލަތުގެ ބަޖެޓު އެއް އަހަރުން އަނެއް އަހަރަށް ދާނީ ބޮޑުވަމުން ކަމަށާއި ނަމަވެސް އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުކުރުމުން ކަމަށެވެ. ރިކަރަންޓް ޚަރަދު އެއީ އެއްވެސް ގޮތަކުން އަނބުރާ ދައުލަތަށް ލިބޭނެ އެއްޗަކަށް ނުވާއިރު ރިކަރަންޓް ވީހައި ކުޑަކުރަން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ސަލީމް ވަނީ ފާހަގަކުރައްވައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް