އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖޭއެސްސީން މައްސަލަތައް ބަލަނީ ގާނޫނުތަކާއި ހިލާފަށް - ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް: އުއްތަމަ ފަނޑިޔާރު

ޖޭއެސްސީން މައްސަލަތައް ބަލަނީ ގާނޫނުތަކާއި ހިލާފަށް - ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް: އުއްތަމަ ފަނޑިޔާރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މައްސަލަތައް ބަލަނީ ގާނޫނުތަކާއި ހިލާފަށ ކަމަށާއި ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރުވެސް ޝާމިލުވާ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ބަލަމުންދާ މައްސަލަތަކާއި ގުޅިގެން އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ. 

ޖޭއެސްސީއަށް އުއްތަމަ ފަނޑިޔާރު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް މައްސަލަތަކާއި ގުޅިގެން ޖޭއެސްސީން ބަލަނީ ގާނޫނުތަކާއި ހިލާފަށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެ ކޮމިޝަނުން ފޮނުވި ރިޕޯޓަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި ޖޭއެސްސީން ކުރިއަށް ގެންދާ ގާނޫނާއި ހިލާފު ތަހުގީގުތަކަށް ތަބާވެ ވަޑައިގަތުމަކީ ހަގީގަތާއި ހިލާފަށް އޭގައި ގާނޫނީ ކުލަ ޖެއްސުމަށް އެހީތެރިވެ އެކަމަށް ގާނޫނީ ބުރަދަން ދިނުން ނޫން ކަމަށްވެސް ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްތަކުގެ ބޭރުން ނިންމާފައިވާ ނިންމުންތަކުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ތިން ފަނޑިޔާރެއްގެ މައްސަލަ އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު