އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންޖުމް: ނިޔާވިއިރު ވަނީ ޤުރްއާނުން ބޮޑުބައެއް ހިތުދަސްކޮށްފައި!

އަންޖުމް: ނިޔާވިއިރު ވަނީ ޤުރްއާނުން ބޮޑުބައެއް ހިތުދަސްކޮށްފައި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރޭގެ އެކްސިޑެންޓުގައި ނިޔާވި ފާޠިމަތު އަންޖުމް ޝަފީޤް ނިޔާވިއިރު ވަނީ ކީރިތި ޤުރްއާނުން ބޮޑު ބައެއް ހިތުދަސްކޮށްފައި ކަމަށް ޢާއިލާ އާއި ޙަވާލާދީ ސީއެންއެމް އިން ހާމަކޮށްފިއެވެ.

ޢާއިލާއިން ބުނެފައިވަނީ އަނޖަމް އަކީ ކައިވެންޏަށް ގިނަދުވަސްތަކެއް ފާއިތުވިފަހުން ލިބުނު ދަރިފުޅު ކަމަށާއި އަދި ދެމަފރިންނަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ކަމަށެވެ. އެހެންކަމުން އެދަރިފުޅަކީ ޙާފިޡާއަކަށް އަދި އަޚްލާޤް ރަނގަޅު ކުއްޖަކަށް ހެދުމަކީ މަންމަ އާއި ބައްޕަގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އަންޖުމް އަކީ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 7 ޑީގައި ކިޔަވަމުން އަންނަ ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެ.

އަންޖުމްގެ އެކުވެރި ދަރިވަރުން ބުނާ ގޮތުގައި އަންޖުމްއަކީ ކުދިންނާއި ވަރަށް ގުޅިގެން އުޅޭ ވަރަށް ގާތް އެކުވެރި، ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އެހެން ދަރިވަރުންނަސް އެހީތެރިވެދޭ މިތުރެކެވެ. އެހެންކަމުން އަންޖަމް އާއި ވަކިވާން ޖެހުމަކީ ފޫނުބެއްދޭނެ ގެއްލުމެކެވެ.

އަންޖުމްގެ މަންމަ އަކީ ގދ ނަޑައްލާއަށް ނިޞްވާ އަންހެނެކެވެ. ބައްޕައަކީ ކ. ތުލުސްދޫއަށް ނިޞްބަތްވާ މީހެކެވެ.

ރޭގެ އެކްސިޑެންޓްގައި ބަހުގައި ސައިކަލް ޖެހުމުން އަންޖުމް ވަނީ ވިސްއިގެން ގޮސްފައެވެ. އަދި އޭނާގެ ހެލްމެޓް ނެއްޓި ހެލްމެޓްވެސް ވަނީ ވިއްސައިގެން ގޮސްފައެވެ. އެކްސިޑެންޓްގައި މަންމައަށް މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ދެމަފިރިންގެ ޙަޔާތުގެ އެންމެ ބޮޑު އުންމީދުގެ ހުޅުކޮޅު މިވަނީ ނިވިފައެވެ.

އަންޖުމްގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ ނިޢްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް