އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަންޖުމަންގެ ޖަނާޒާ: ގިނަ ބައަކު ކަރުނައެޅި!

އަންޖުމަންގެ ޖަނާޒާ: ގިނަ ބައަކު ކަރުނައެޅި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ރޭގެ އެކްސިޑެންޓުގައި ނިޔާވި ފާޠިމަތު އަންޖުމަން ޝަފީޤް ގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބާއްވައިފިއެވެ. ކަށުނަމާދުކުރީ ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ. ވަޅުލީ ހުޅުމާލެ ސަހަރާގައެވެ. 

ޖަނާޒާގައި ގިނަ ބައަކު ބައިވެރިވިއެވެ. އެންމެންގެ ލޯތަކުންވެސް ކަރުނަ އޮހޮރުނުތަން ފެނިގެންދިއައެވެ. 

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ވަނީ އެކްސިޑެންޓުވި މަންޒަރު ފެނުނު ފަރާތެއް ވާނަމަ ފުލުހުންގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައެވެ. 

ޑްރައިވަރާއި އަދި ބަހުގައި ތިބި މީހުންނާއި ޙަވާލާދީ އެމްޓީސީސީ އިން ބުނެފައިވަނީ އެކްސިޑެންޓްވިކަން ބަހުގެ ޑްރައިވަރަށްވެސް އަދި ކޮންޑަކްޓަރަށްވެސް ނުއެނގޭ ކަމަށާއި ބަސް މަޑުނުކޮށް ދުއްވީ ނުއެނގޭތީ ކަމަށެވެ. 

ސައިކަލުގައި މަންމަގެ ފަހަތުގައި އިން އަންޖަމް ވިއްސައިގެން ގޮސް މާދުރުގައި އޮތުމުން އެކްސިޑެންޓްވިކަން ވަނީ ސާބިތުވެފައެވެ. ފުލުހުން ގެންދަނީ މައްސަލަ ތަޙްޤީޤް ކުރަމުންނެވެ. ޑްރައިވަރު މިހާރު ވަނީ ބަންދުކޮށްފައެވެ. 

އެ ސަރަހައްދަކީ ހޮޅި ބުރި ވަރަށް މަދުކަމުން އަނދިރި ސަރަހައްދެކެވެ. ނަމަވެސް ބަހުގެ ލައިޓުން މަގު ފެންނާނެ ކަމަށް ބެލެވެއެވެ. ސައިކަލްގައި ޖެހިފައިވަނީ ފަހަތުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް