އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާހައުލާ އެހެން މީހުން އުޅޭ ނުބައި ގޮތް ބަހަނާއަކަށް ދައްކައިގެން ސަލާމަތްކަމެއް ނެތެވެ!: މުފްތީ މެންކް

މާހައުލާ އެހެން މީހުން އުޅޭ ނުބައި ގޮތް ބަހަނާއަކަށް ދައްކައިގެން ސަލާމަތްކަމެއް ނެތެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ބައެއް މީހުން ވަރަށް ފަސޭހައިން ބުނެއެވެ. މުސްލިމުން ނޫން މީހުންގެ ސިފަތަކާއި އާދަތައް ތިމާގެ ކިބައިގައި އަށަގެންފައި މިހުރީ ދިރިއުޅެން ޖެހުނު މާޙައުލުގެ ގޮތުންނެވެ. ނަމާދު ނުކުރުމުގެ އާދަ އަށަގެންފައި މިހުރީ ގިނަ ދުވަސްތަކެއް ވަންދެން ނަމާދު ނުކުރާ މީހުންގެ ތެރޭގައި އުޅެވުނީތީއެވެ. 

ނަމަވެސް މިއިން އެއްވެސް ބަހަނާއެއް ﷲ ތަޢާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. މާޙައުލު ކުށްވެރި ކުރުމަކީ ދެއްކޭނެ ޙުއްޖަތެއް ނޫނެވެ. އެކަމުގެ ވަރަށް ފުރިހަމަ މިސާލެއް ބުނެފާނަމެވެ. 

ނޫޙުގެފާނުގެ ދަރިކަލުން އުޅެ ބޮޑުވީ އެންމެ ރަނގަޅު މާހައުލުގައެވެ. ނަމަވެސް ﷲ ތަޢާލާއަށް އީމާނެއް ނުވެއެވެ. ފިރުއަޢުނުގެ އަނބިކަނބަލުން އުޅުއްވީ ކުފުރާއި ޝިރުކުން ފުރިގެންވީ މާޙައުލެއްގައެވެ. އެންމެ ބިރުވެރި މާޙައުލުގައެވެ. ތިމާއަކީ ކަލަކު ކަމަށް ދައުވާކުރި ފިރުއަޢުނުގެ ގަނޑުވަރުގައެވެ. ނަމަވެސް އެކަމަނާވަނީ ތަޤްވާވެރިކަމާއި އީމާންކަމުގައި ސާބިތުވެވަޑައިގަތުމުގައި ނަމޫނާ ދައްކަވައިފައެވެ. 

ވީމާ މިކަންކަމުން އެނގެނީ މައްސަލަ އަކީ މާޙައުލު ނޫންކަމެވެ. އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުން ހިފާ ގޮތްކަމެވެ. ވީމާ މަހައުލާއި އެހެން މީހުން އުޅޭގޮތް ކުށްވެރިކުރުން ހުއްޓައިލާށެވެ! ތިމާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވާ، ބިރުވެތިވާ ތަޤްވާވެރިއަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް