އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުން ބޭރުކޮށްލުމުން ވޯޓުދޭން އެންމެ ބޭނުންވި ބިލަށް ވޯޓެއް ނުދެވުނު: ރޮޒައިނާ

މަޖިލީހުން ބޭރުކޮށްލުމުން ވޯޓުދޭން އެންމެ ބޭނުންވި ބިލަށް ވޯޓެއް ނުދެވުނު: ރޮޒައިނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނދާ އާދަމްގެ ނަން އިއްވާ މަޖިލިހުގެ ތަޅުމުން އޭނާ ނެރެފިއެވެ.

ރޮޒައިނާގެ ނަން އިއްވާ ތަޅުމުން ނެރެން ޖެހުނީ މަޖިލިހުގެ ތަޅުމުގައި އަޑުގަދަކޮށް، އެކަން ހުއްޓާލުމަށް މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ދެ ފަހަރު ނަސޭޙަތް ދެއްވުމުން ވެސް އަޑުގަދަކުރުން ހުއްޓަވާ ނުލެއްވުމުންނެވެ.

ރޮޒައިނާއަށް ފުރަތަމަ ނަސޭހަތް ދެއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް، ކޮޅަށްހުރެ އަޑުގަދަ ކުރުމުގެ ސަބަބުންނެވެ. ދެވަނަ ފަހަރަށް ނަސޭޙަތް ދެއްވިއިރުވެސް އޭނާ ކޮޅަށް ހުންނަވައިގެން އަޑުގަދަ ކުރަމުން ދިޔައެވެ.

މަޖިލިހުގެ ތަޅުމުގައި ރޮޒައިނާ އަޑުގަދަ ކުރައްވަން ފެއްޓެވީ ރިޔާސަތުން އޭނާއަށް ނިޒާމާއިބެހޭ ނުކުތާއަކަށް ފުރުސަތު ނުދީގެންނެވެ. ނިޒާމީ ނުކުތާއަކަށް ފުރުސަތު ނުދެއްވީ ކީއްވެގެންތީ ތަކުރާރުކޮށް އޭނާ ދިޔައީ ރިޔާސަތާއި ސުވާލު ކުރައްވަމުންނެވެ.

ރޮޒައިނާ ނިޒާމީ ނުކުތާ އަކަށް އެދިވަޑައިގަތީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު ބަޖެޓަށް ބަހުސް ކުރައްވަމުން ގެންދަވަނިކޮށެވެ.

ރޮޒައިނާގެ އިތުރުން އޭނާގެ ފިރިކަލުން ކިނބިދޫ ދާއިރާ މެމްބަރު އަހްމަދު ނާޝީޒުވެސް ނިޒާމީ ނުކުތާ އަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔަ އެވެ. ނަމަވެސް މަޖިލިހުން އެފުރުސަތުވެސް ދެއްވާފައެއް ނުވެއެވެ.

ނަން އިއްވާ މަޖިލިހުން ބޭރު ކުރުމުގެ ސަބަބުން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ތަޅުމުން ބޭރުކުރީ ގަވާއިދުން ލިބެންޖެހޭ ހައްގެއްގެ ބޭނުން ކުރުމުން ކަމަށާއި އެވެސް އިންސާފުގެ ވައްތަރެއް ކަމަށެވެ.

"އަޅުގަނޑު ހުށަހަޅާ އަޅުގަނޑު ވޯޓު ދޭން އެންމެ ބިލަށް މިއަދު ވޯޓު ނުދެވުނީ ނިޒާމީ މައްސަލައެއް ނެގީތީ އަޅުގަނޑުގެ ނަން އިއްވާ ބޭރުކޮށްގެން. އަޅުގަނޑަށް މަޖިލިހުގެ ޤަވާއިދުން ލިބޭ ޙައްޤެއްގެ ބޭނުން ކުރީމަ. އަދި އެޙައްޤު ހޯދަން މަސައްކަތް ކުރީމަ. މިވެސް އިންސާފުގެ ވައްތަރެއް." ރޮޒެއިނާ ވިދާޅުވެފައިވެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ