އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި!

ފަލަސްތީނަށް ދެމުންދާ ހަމަލާތަށް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 58 ސިކުންތު

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލުން ހިންގާ ލާއިންސާނީ ޢަމަލުތައް ދިވެހިރާއްޖެއިން އަނެއްކާވެސް ކުށްވެރިކޮށްފިއެވެ.

އިސްރާއިލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި، ދިވެހި ސަރުކާރުންވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއިލުންދޭ ޙަމަލާތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މަޢުސޫމުން މަރުވާކަން ފާހަގަކޮށްފައެވެ.

މިބަޔާނުގައި ދިވެހި ސަރުކާރުން ވަނީ، ބައިނަލްއަޤްވާމީ ފަރާތްތަކުން މިމަޞްރަޙު ޙައްލުކުރުމަށް ކުރާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް މިޞްރުގެ ސަރުކާރުން މިކަމުގައި އަދާކުރާ ލީޑަރޝިޕް ރޯލަށް ދިވެހި ސަރުކާރުން ޝުކުރުއަދާކުރެއްވިއެވެ. އިސްރާއިލްގެ ޢަމަލުތަކަކީ، އދ.ގެ ނިންމުންތަކާއި، ބައިނަލްއަޤްވަމީ ޤާނޫނާއި ޤަވައިދުތަކާ ޚިލާފު ކަންތައްތައްކަން ފާހަގަކޮށް ދިވެހި ސަރުކާރުންވަނީ މި ޢަމަލުތަށް ހުއްޓާލުމަށް ގޮވާލާފައެވެ.

މެދުއިރުމައްޗަށް ސުލްޙަ އަންނާނެކަމަށް ދިވެހިރާއްޖެއަށް ޤަބޫލުކުރަނީ "ދެ ދައުލަތުގެ" ޙައްލަކުންކަން ފާހަގަކޮށް ދިވެހި ސަރުކާރުންވަނީ މިސަރަހައްދުގައިވާ ކުޑަކުދިންނާއި އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ގޮވާލައްވާފައެވެ. މިބަޔާނުގައި ދިވެހި ސަރުކާރުންވަނީ، ފަލަސްތީނުން މިނިވަންކަމަށް ކުރާ މަސައްކަތުގައި ދިވެހި ސަރުކާރާއި ދިވެހިރައްޔިތުން އަބަދުވެސް ފަލަސްޠީނާއެކު ވާނެކަން ތަކުރާރުކޮށް ހާމަ ކޮށްފައެވެ.

ފާއިތުވި ދެދުވަހު ފަލަސްޠީނުގެ ޣައްޒާއަށް އަމާޒުކޮށް އިސްރާއީލުން ދީފައިވާ ވައިގެ ޙަމަލާތަކުގައި ފަލަސްޠީނުގެ ބައްތިރީސް މީހުން ވަނީ ޝަހީދުކޮށްލާފައެވެ. މި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާއިރު ޣައްޒާގައި ޙަރަކާތްތެރިވާ ފަލަސްޠީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލާދެމެދު މިހާރުވަނީ ޙަމަލާތައް ބަދަލުކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ.

ދެފަރާތުގެ ދެމެދު މިއެއްބަސްވުން ޤާއިމުކޮށްފައިވަނީ މިސްރުން މެދުވެރިވެގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހުކަމަށް މިސްރުންވަނީ ބުނެފައެވެ. މިސްރުގެ އޮފިޝަލަކު ވިދާޅުވީ ޙަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލައި މިއެއްބަސްވުމަށް އެއްބާރުލުންދޭނެކަމަށް ފަލަސްޠީނުގެ ޖަމާޢަތްތަކުން ބުނެފައިވާކަމަށެވެ.

މި އެއްބަސްވުމުގައި ޣައްޒާގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ހަމަޖެހުން ޤާއިމުކޮށް ސުލްޙަހިފެހެއްޓުމަށް ފަލަސްޠީނުގެ ޖަމާޢަތްތަކަށް ގޮވާލައެވެ. އަނެއްކޮޅުން، އިސްރާއީލުން ޣައްޒާގެ ސަރަޙައްދުތަކަށް ދެމުންދާ ވައިގެ ޙަމަލާތައް ހުއްޓާލާ މުޒާހަރާތައް ހިންގަމުންދާއިރު ޙަމަލާތައް ނުދިނުމަށްވެސް މިއެއްބަސްވުމުގައި ގޮވާލައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ