އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮރޮކޯގެ ފޮރިން މިނިސްޓަރާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި

މޮރޮކޯގެ ފޮރިން މިނިސްޓަރާއި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، މޮރޮކޯއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުގައި މިއަދު މޮރޮކޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އެފްރިކަން ކޯޕަރޭޝަން އެންޑް މޮރޮކަން އެކްސްޕަޓްރިއެޓްސް ހިޒް އެކްސެލެންސީ ނާޞިރު ބޫރިތާ އާއި ބައްދަލު ކުރައްވައިފިއެވެ.

މޮރޮކޯގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން މޮރޮކޯގެ ރަސްގެފާނު ހިޒް މެޖެސްޓީ މުޙައްމަދު 6 ވަނަ އަށް ފޮނުއްވާ ސިޓީފުޅެއް މިނިސްޓަރ ޝާހިދު، މޮރޮކޯގެ ފޮރިން މިނިސްޓަރަށް އެރުވިއެވެ.

މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ ތެރެއިން، އިޤްތިޞާދީ ދާއިރާއިންނާއި، ދޭ ދޭ ފަރުދުންގެ މެދުގައިވާ ގުޅުންތަކާއި، ޘަޤާފަތާއި ތަރިކައިގެ ދާއިރާއިންނާއި، ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، ތަޢުލީމީ ދާއިރާއިންނާއި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އިތުރަށް ގުޅުން ބަދަހި ކުރުމަށް މަޝްވަރާކުރެވުނެވެ.
މިނިސްޓަރ ޝާހިދު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކަކީ:


1. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒްއާއި ދެމެދު އިސްލާމްދީނާއި ގުޅޭ ކަންކަމުގައި އެއްބާރުލުންދިނުމަށް ވެވުނު އެއްބަސްވުން.
2. ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި މޮރޮކޯގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ދެމެދު އެބާރުލުންދިނުމަށް ވެވުނު އެއްބަސްވުން
3. ދިވެހިރާއްޖޭގެ ސަރުކާރާއި މޮރޮކޯގެ ސަރުކާރާއި ދެމެދު، އެ ޤައުމުގެ ރައްޔިތުން އަނެއް ޤައުމަށް ވިސާއަކާނުލާ ދަތުރުކުރެވޭނެ، ވިސާ ވެއިވަރ އެއްބަސްވުން.
4. ދިވެހިރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓްއާއި މޮރޮކޯގެ ފޮރިން ސާވިސް އެކެޑެމީ އާއި ދެމުދު ގުޅުން ބަދަހިކުރުމަށް ވެވުނު މެމޮރެންޑެމް އޮފް އަންޑަސްޓޭންޑިންގ.


މި ބައްދަލުވުމުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލް އަޙުމަދު ޚަލީލްއާއި ދިވެހިރާއްޖެއިން ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޙުސެއިން ނިޔާޒްއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ މުޢުމިނާ އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު