އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތުގައި ބިލްބޯޑު އިފްތިތާހު ކޮށްފި

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތުގައި ބިލްބޯޑު އިފްތިތާހު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހއ. އަތޮޅުގައި  މިހާރު ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެއަތޮޅުގެ ބައެއް ރަށްރަޑުގައި ބިލްބޯޑު އިިފްތިތާހު ކޮށްފިއެވެ.

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކުރުމަކީ ފަރުދީ އަދި އިޖްތިމާއީ ޒިންމާ އަކަށް ހެދުމާއި ކުޑަކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ޤާއިމުކޮށް ދިނުމަށް ކުރިއަށް ގެންދާ މިހަރަކާތުގެ ތެރެއިން، އިހަވަންދޫ، ހޯރަފުށި، ބާރަށް، ފިއްލަދޫ އަދި ކެލާގައި އިއްޔެވަނީ ބިލްބޯޑު އިފްތިތާހުކޮށްފައެވެ.

މި ބިލްބޯޑު ތަކުގައި، ކުޑަކުދިންނަށް ލިބެމުންދާ އެކި ކަހަލަ އަނިޔާ ތަކާއި އެ އަނިޔާތަކުން އެކުދިން ސަލާމަތްކުރުމަށް މެސެޖުތައް ލިޔެފައިވެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް މި ނޮވެމްބަރު މަހުގެ 15 އިން 20 އަށް ހއ. އަތޮޅުގައި ކުރިއަށް ގެންދާ މިހަރަކާތްތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނާއި، އަރކްގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި، ޖަމްއިއްޔާތަކާއި ހއ. އަތޮޅު ކައުންސިލާއި އެ އަތޮަޅުގެ ރަށު ކައުންސިލުތަކާއި، އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކާއި، އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު