އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމަށް ބޭނުންވާ އެންމެ މުހިންމު ރައުސްމާލް އިތުރުކުރުމުގަ ވިލާ ކޮލެޖުން ދަނީ ކާމިޔާބު ކުރިއެރިއެރުންތައް ހޯދަމުން: ޤާސިމް

ޤައުމަށް ބޭނުންވާ އެންމެ މުހިންމު ރައުސްމާލް އިތުރުކުރުމުގަ ވިލާ ކޮލެޖުން ދަނީ ކާމިޔާބު ކުރިއެރިއެރުންތައް ހޯދަމުން: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 22 ސިކުންތު

ޤައުމަށް ބޭނުންވާ އެންމެ މުހިންމު ރައުސްމާލަކީ ޤައުމު ކުރިއަރުވާނެ މީހުން، އިންސާނީ ވަސީލަތް ކަމަށާއި އެހެންކަމުން އެ ވަސީލަތް އިތުރުކުރުމުގައި ވިލާ ކޮލެޖުން ދަނީ ކާމިޔާބު ކުރިއެރިއެރުންތައް ހޯދަމުން ކަމަށް ވިލާ ކޮލެޖުގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އާއި ވިލާ ކޮލެޖް ގުޅިގެންހިންގާ ކޯސްތަކުގެ ތިންވަނަ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ ވިލާ ކޮލެޖުން ޤައުމަށް، ޢާއިލާތަކަށް ކޮށްދެމުން ގެންދާ ޚިދުމަތަށް އެމަނިކުފާނު ވަރަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި ދިވެހިރާއްޖެއަކީ އެމަނިކުފާނުވެސް  އަދި ތިއަ ބޭފުޅުންވެސް އެންމެ ލޯބިވާ ޤައުމު ކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ފުދުންތެރި ޤައުމަކަށް ހެދުމަށް އެންމެ ބޭނުންތެރި ރައުސްމާލަކީ މީހުން، އިންސާނީ ވަސީލަތް ކަމަށްވުމުން  މީހުން ބިނާ ކުރަން ވިލާ ކޮލެޖުން ކުރަމުން ގެންދާ މަސައްކަތަކީ ކިހައި މުހިންމު މަސައްކަތެއްކަން މިއަދުގެ މިރަސްމިއްޔާތުންވެސް އެނގިގެންދާ ކަމަށެވެ. 

"ޤައުމަށް އެންމެ ބޭނުންތެރި ތަފާތު ދާއިރާތަކުން ޑިގްރީ، މާސްޓަރސް ޙާޞިލުކުރި 345 ދަރުވަރުންނަކީ މިކަމުގެ ހެކި. މީގެ އިތުރުން ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކުން ޑިގްރީ، މާސްޓަރސް ހާޞިލުކުރި 306 ދަރިވަރަކާއި ޑިޕޮލޮމާ ޙާޞިލުކުރި 314 ދަރިވަރަކާއިއެކު ޖުމުލަ 965 ދަރިވަރުން މި ސެމިސްޓަރ ގައިވެސް ތަޢްލީމް ޙާޞިލުކޮށްފަ. ވީމާ މިއީ އާދައާ ޚިލާފް ހިތްހަމަޖެހުމެއް ލިއްބައިދިން ނަތީޖާއެއްކަން ކަށަވަރު." 

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ބަވަނަވެފައިވާ ދުނިޔޭގެ ޤައުމުތަކުގެ މެންބަރެއްކަން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި އެހެން ޤައުމުތަކުގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރަން ޖެހޭނެ ކަމަށެވެ. އަދި ދިރާސާ ކުރުމުގެ މަސައްކަތް އަދިވެސް އިތުރުކުރަން މަސައްކަތްކުރަން ޖެހޭ ކަމަށާއި ދިރާސާކޮށްގެން ކަންކަން ކުރުމުން މިހާރަށްވުރެވެސް އިތުބާރު ބޮޑުވަމުން ދާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވެސް ޤާސިމް އިބްރާހީމް ވަނީ ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ދެއްވުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ. 

ގާސިމް އިބްރާހިމް ވިދާޅުވީ، ވިލާ ކޮލެޖް އޮތީ ޔުނިވަރސިޓީއެއްގެ ސްޓޭޓަސްގައި ކަމަށާއި، ކުރީގެ ސަރުކާރުން ކުރެއްވި އޮޑިޓާއި އަދި ހުރިހާ އެއްޗަކުންވެސް ވިލާ ކޮލެޖް ފާސްވެ ނިމިފައިވާ ކަމަށެވެ. "އެހެންނަމަވެސް، މިހާތަނަށްވެސް ވިލާ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ނުލިބިގެން އުޅެނީ ކީއްވެގެންބާވައޭ ހިތަށް އަރާ! ދުނިޔޭގެ ކުރިމަތީގައި ގާބިލް ތަނަކަށްވާން ވިލާ ކޮލެޖްވެސް ބޭނުންވޭ. އެކަމަށް ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނީ އެގޮތަށް އެކަން ހަމަޖެހިގެން ދިއުމުން." 

ޤާސިމް އިބްރާހީމް ވިދާޅުވީ މިހާރު މިއޮތް ފިޔަވަޅުން ކުރިއަށް ޖެހިލަން އެބަޖެހޭ ކަމަށާއި، ޕްރައިވެޓް ޕާޓްނަރޝިޕްގެ ތެރެއިން މިއަށްވުރެ ހަރުދަނާވާނެ އުސޫލުތަކެއް އަޅުގަނޑުމެންގެ ގައުމަށް ބޭނުންވާކަމުގެ ހެއްކި ވިލާ ކޮލެޖުން ދައްކަމުންދާ ނަމޫނާއިން އެންމެނަށް ފެނިގެންދާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ "ފުރަތަމަ ފަށްޓާއިރު ކުޑަކުދިންވެސް ފިރުކެނީ، ދެން އޭގެފަހުން މަޑުމަޑުން ހިނގައިގަނެވެނީ، ދެން އޭގެފަހުން ދުއްވައިގަނެވެނީ. އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަށް، މިހާރު އަޅުގަނޑުމެންނަށް ދުއްވައިގަނެވޭ ހިސާބަށް ގޮސްފައޭ މިއޮތީ. އެހެންވީމާ، ޕްރައިވެޓް ސެކްޓަރ އިތުރަށް ހުޅުވާލަ ދެއްވާށޭ، އަޅުގަނޑުމެންނަށް ވިޔަފާރީގެ ދާއިރާ ނޫނަސް، ތައުލިމީ، ސިއްހީ ދާއިރާތަކުގަވެސް މަސައްކަތް ކުރެވޭނޭ އިތުރު ފުރުސަތު ދެއްވައި އިތުރު ޔަގީންކަން އަޅުގަނޑުމެންނަށް ދެއްވީމާ ސަރުކާރަށް މީހުން ބަރޯސާވާވަރު ކުޑަވެ ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެ ހުރިހާ ރޮނގަކުންވެސް ކުރިއަރާ ދާނެ" ކަމަށެވެ. 

ޤާސިމް އިބްރާހީމް ވަނީ ވިލާ ކޮލެޖް ހިންގުމަށް ސަރުކާރުން ދެއްވާފައިވާ ބިމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. "ވިލާ ކޮލެޖް އުފެއްދުމުގެ ފުރުސަތު ލިބިގެންދިއައީ 2008 ވަނަ އަހަރު، އެމަނިކުފާނުވެސް ހިމެނިވަޑައިގަންނަވާ ގޮތުން ހެދި ކޯލިޝަނަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދުގެ ސަރުކާރުން ނިންމެވި ނިންމެވުމަކާ ގުޅިގެން.  

ވިލާ ކޮލެޖަށް މިބިން ލިބުނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ޕާޓްނަރޝިޕްވާ ގޮތަކަށް އޮންނަ އުސޫލުން ސަރުކާރުން ކުރި ޓެންޑަރ އަކުން. އެއީ އޭގެ ކުރީގައި ރާއްޖޭގައި އޮންނަ އުސޫލެއް ނޫން."

"ސަރުކާރުގެ ބަޖެޓަށް ބަރޯސާވުމެއްނެތި، ސަރުކާރުން ދެއްވި ބިންކޮޅެއްގައި އަޅުގަނޑުމެން އިމާރާތްކޮށްގެން ކުރަމުންދާ މިމަސައްކަތް، މިދަންނަވަނީ ވިލާ ކޮލެޖްގެ ވާހަކަ. ވަރަށް އާދައިގެ ގޮތަކަށް ހުރި އިމާރާތްތަކެއް އަލުން އިންވެސްޓްކޮށްގެން މިވަނީ ހަދާފަ. ވަރަށް ބޮޑެތި ޚަރަދުތައް ކުރެވިފަވަނީ. އެހެން ނަމަވެސް 35 އަހަރު ދުވަހަށް ލިބިފައިވަނީ. މިބާވަތުގެ ޕްރޮޖެކްޓްތައް ހިންގުމުގަ ސަރުކާރުގެ ވިސްނުންފުޅު އަޅުގަނޑަށް ކަށަވަރު. އަޅުގަނޑު ދަންނަވާނީ 99 އަހަރަށް ކީއްވެތޯއޭ ނުދެއްވަންވީ" 

ގާސިމް އިބްރާހިމްގެ ވިދާޅުވީ، ދިވެހި ސަރުކާރުގެ ޔުނިވަރސިޓީ، އެމްއެންޔޫ ހިންގަނީ 250 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކަމަށާއި، އެއީވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.އެހެން ނަމަވެސް ވިލާ ކޮލެޖް ހިންގަނީ ސަރުކާރަށް އެއްވެސް ބަރޯސާވުމެއްނެތި ކަމަށާއި، އެއީ މިއަދުގެ ސަރުކާރުންވެސް ފަޚުރުވެރިވާނެ ކަމެއް ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް