އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެ ކުދިން މަރުވީ ވިހެއުމުގެ ކުރިން: އައިޖީއެމްއެޗް

ދެ ކުދިން މަރުވީ ވިހެއުމުގެ ކުރިން: އައިޖީއެމްއެޗް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ރޭ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަރުވި ދެ ކުދިން މަރުވެފައިވަނީ ވިހެއުމުގެ ކުރިންކަމަށް ބެލެވޭކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ތުއްތު ދެ ކުދިން ނިޔާވީ އައިޖީއެމްއެޗުގެ އިޙުމާލުންކަމަށްބުނެ އެ އާއިލާތަކުންނާއި، އާއްމުންގެ ގިނަ ބަޔަކުދަނީ ހޮސްޕިޓަލާމެދު ނުރުހުން ފާޅުކުރަމުންނެވެ.

މިކަމާއި ގުޅިގެން އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުގައި ރޭ ވިހެއި ދެ ކުއްޖަކު މަރުވެފައިވާކަމަށެވެ. އަދި މި ދެކުދިންވެސް މަރުވެފައިވަނީ ވިހެއުމުގެ ކުރިން، މައިމީހާގެ ބަނޑުތެރެއަށްކަމަށް ލަފާކުރެވޭކަމަށެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ މިފަދަ ޕެރިނޭޓަލް ނުވަތަ ވިހެއުމުގެ ތެރޭގައި މަރުވާކުދިންގެ ފުރިހަމަ ތަޙްޤީގެއް އެ ހޮސްޕިޓަލުން އަބަދުވެސް ކުރަމުންދާކަމަށެވެ. އެގޮތުން ވިހެއުމުގެ ތެރޭގައި މަރުވާ ކުދިންގެ މައްސަލަ ހޮސްޕިޓަލުންނާއި، މިނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ ކޮމިޓީއިންވެސް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ބަލަމުންދާކަމަށެވެ. މި މައްސަލަތައްވެސް މި އުސޫލުގެ ދަށުން ތަޙްޤީގު ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ވަނީ މި ހާދިސާއާ ގުޅުވައިގެން އައިޖީއެމްއެޗުގެ ލޭބަރރޫމްގެ މެޑިކަލް އިކުއިޕްމަންޓުތަކެއްގައި މައްސަލަޖެހިފައިވާކަމަށް ދެކެވޭ ވާހަކަތައްވެސް ދޮގު ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު