އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނި ރިޕޯޓު އާއިލާއިން ޤަބޫލެއް ނުކުރި!

ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނި ރިޕޯޓު އާއިލާއިން ޤަބޫލެއް ނުކުރި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ބަންގްލަދޭޝްގެ ރާޖްޝާހީގައި މެޑިސިން ކިޔަވަމުންދިޔަ ރައުދާ އާތިފް މަރުވީ އަމިއްލައަށް ކަމަށް ކަނޑައަޅާ މަރުތަކާއިބެހޭ ކޮމިޝަނުން އެކުލަވާލި ރިޕޯޓު ބަލައި ނުގަންނަ ކަމަށް ރައުދާގެ އާއިލާއިން ބުނެފިއެވެ.

އެ ރިޕޯޓާ ގުޅިގެން ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފު އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައުދާގެ މަރުގެ ތަހުގީގުގެ ނިންމުން ބިނާވެފައި އޮންނަންޖެހޭނީ ފޮރެންސިކް ހެކި އަދި ކްރައިމްސީން އެވިޑެންސްގެ މައްޗަށް ބިނާކޮށް ކަމަށާއި އެއީ ހިޔާލީ ވާހަކައަކަށް ބިނާކޮށް ނިންމަންޖެހޭ ނިންމުމެއް ނޫން ކަމަށެވެ.

ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނާ ބުނުން ޤަބޫލު ނުކުރެވޭ ކަމަށް ވެސް ޑރ. އާތިފުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑރ.އާތިފް ވަނީ ރައުދާގެ މަރުގެ ފަހަތުގައިވާ މީހުން ނުފޮރުވައި ރައުދާގެ މަރުގެ ހަގީގަތް ތަހުގީގުކޮށް ތެދު ހާމަކޮށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އިލްތިމާސް ކޮށްފައެވެ.

ރައުދާ އާތިފު މަރުވެފައި ހުއްޓާ ފެނިފައިވަނީ، ރާޖްޝާހީގައި ކިޔަވަން އުޅުނުއިރު އޭނާ ދިރިއުޅުނު ކޮޓަރި ތެރެއިންނެވެ. އެއީ 2017 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ