އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ކުށްމަދު އަމާން މާހައުލެެއް ޤާއިމުކޮށް، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 10 ނިންމައި ދަސްވެނިވި ދަރިވަރުންނަށާއި، އެ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން އެ ސްކޫލްގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރުމަށާއި އިސްލާމީ ރިވެތި ސިފަތަކާއި އާދަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މަސައްކަތް ކުރާނެ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. 

އަދި ކުރިއަށް އޮތް ސްކޫލް ބޮޑު ޗުއްޓީ ދުވަސްވަރު ވެސް ކުދިންގެ އުޅުން ރަނގަޅަށް ބަލައި، އެކުދިންގެ އުޅުމަށާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަނެ ކުށުގެ ވެށިން ކުދިން ދުރުހެލި ކުރުމަށް މަޢުލޫމާތު ދީފައިވެއެވެ.  އަދި އިންޓަރނެޓުގެ ޒަރީއާއިން ކުދިންނަށް ކުރިމަތިވާ ކަންކަމާއި އެކަންކަމުން ކުދިން ދުރުހެލިކޮށް ރައްކާތެރި ކުރުމަށް ބެލެނިވެރިން މަސައްކަތްކުރަންވީ ގޮތުގެ މަޢުލޫމާތު ދީފައިވެއެވެ. އަދި ކޮންމެ ކުއްޖަކީވެސް މުޖްތަމައަށް ބޭނުންހިފޭ ކުއްޖަކަށް ހެދުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ޗުއްޓީ ދުވަސްވަރު ރަށުން ބޭރަށް ފުރައިގެންދާއިރު ގެދޮރު ރަނގަޅަށް ތަޅުލާފައި ބެހެއްޓުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ވައްކަން ކުރާ ފަރާތްތަކުގެ ކިބައިން މުދަލާއި ގެދޮރު ސަލާމަތްކޮށް ރަނގަޅަށް ބެލެހެއްޓުމަށާއި ވައްކަމުގެ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފުލުހުންނަަށް އެކަން ރިޕޯޓު ކުރުމަށް މަޢުލޫމާތުު ދީފައިވެއެވެ.

ކޮމަންޑޫ ޕޮލިސް ސްޓޭޝަނާއި، ށ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވީ ށ. އަތޮޅު ކޮމާންޑަރ، ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒާއި، އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް އަލްއުސްތާޛާ ޙައްވާ ލަތީފެވެ.

މީގެ އިތުރުން  ށ. އަތޮޅު ތައުލީމީ މަރުކަޒުން ގްރޭޑް 10 ނިންމައި ދަސްވެނިވި ދަރިވަރުންނާ އަތޮޅު ކޮމާންޑަރ ބައްދަލުކުރައްވާފައިވެއެވެ.

މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި ބައްދަލުމުގައި، އެ ދަރިވަރުން ސްކޫލް ނިއްމައި މުޖްތަމައުގައި އުޅޭއިރު ވިސްނަންވީ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި އިސްލާމީ ރިވެތި އާދަތަކުގައި ހިފަހައްޓައި އެގޮތުގައި ކުރިއަށް ދިއުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތައި ބަސްއަހައި ކިޔަމަންތެރިވުމާ އަދި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ނެސޭހަތްތެރިވެފައިވެއެވެ. އަދި ކުށުގެ މާހައުލަށް ނުދިއުމަށާއި ރަނގަޅު ތައުލީމާއި ރީތި އާދަކާދަތަކުން ޒީނަތްތެރިވެ މުޖްތަމައުގައި ރޯލް މޮޑެލް ބަޔަކަށްވުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައިވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ