އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓު މަތިވެ އާމްދަނީވެސް އިތުރުވެއްޖެ!

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓު މަތިވެ އާމްދަނީވެސް އިތުރުވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

މިދިޔަ މަހުގެ ތެރޭގައި ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރު އަދި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާ އިރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ. 

ކަސްޓަމުން އާންމު ކޮށްފައިވާ އޮކްޓޫބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރޫ މަހު މި އަދަދުވަނީ 4.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމަކީ ޔޫއޭއީ އެވެ.

މިދިޔަ މަހު ރާއްޖޭން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އެފްއޯބީ އަގު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 16 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ އޮކްޓޫބަރު މަހު 298 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓު ކޮށްފައި ވަނީ 257 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެކްސްޕޯޓުކުރި މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ މަހުގެ ބާވަތްތަކުންނެވެ.

މި އަހަރުގެ އޮކްޓޫބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް 288 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ލިބުނީ 287 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު