އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ އާ މިދުވަސް ބައްދަލުކޮށްފި ހެއްޔެވެ؟ ވިސްނައި ބިރުވެތިވާށެވެ!

ތިބާ އާ މިދުވަސް ބައްދަލުކޮށްފި ހެއްޔެވެ؟ ވިސްނައި ބިރުވެތިވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ޒަމާން ފަސްވަމުން އަންނަ ވަރަކަށް މީސްތަކުންގެ "ބިޒީކަން" ދާނީ އިތުރުވަމުންނެވެ. ފައިސާ ހޯދަން ކުރާ މަސައްކަތްތައް ދާނީ ގިނަވަމުންނެވެ. ފައިސާ ނުލިބޭ ކަންކަން ކުރުން ދާނީ މަދުވަމުންނެވެ. 

މިއަދުވެސް މިފެންނަނީ އެންމެ ބޮޑު އިސްކަމެއް ދީގެން ފައިސާ އިތުރުކުރެވޭތޯ ތެޅި ފޮޅެމުންދާ ތަނެވެ. މިކަމުގެ ތެރެއިން ވެސް ފަހު ޒަމާނުގެ ޢަލާމާތެއް އެނގި ފައުޅުވެގެންދާނެއެވެ. އެއީ ދުނިޔަވީ ކަންކަމުގެ މައުލޫމާތު ލިބިގަންނަން މީސްތަކުން ގަދައަޅައި މަސައްކަތްކުރާއިރު ދީނީ ކަންކަމުގެ މައުލޫމާތު އޮޅުފިލުވަން ކުރެވޭ މަސައްކަތް މަދުވެގެން ދިއުމެވެ. 

ހަމަ އެއާއިއެކު ވަޒީފާ ހޯދަން މަސައްކަތްކުރާ މީހުން ގިނަވާނެއެވެ. ދުނިޔަވީ ޢިލްމު އުނގެނެން ބޭނުންވާ މީހުން ގިނަވާނެއެވެ. ނަމަވެސް ދީނުގެ ކަންކަމާއި ޖެހުމުން އަބަދުވެސް އުފައްދާނީ ސުވާލުތަކެވެ. "މިވެނި ކަމެއް އޮތީ ކިހިނެއްތަ؟ މިކަން މާބުރައެއް ނޫންތަ؟ މި އަޅުކަން މިއަށްވުރެ ލުއިކޮށެއް ނުލެވޭނެތަ؟" 

ތިބާއަކީ ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން ވަޒީފާގައި އުޅޭ މީހަކަށް ވެދާނެއެވެ. ހެނދުނު ތެދުވެ މަސައްކަތުދާއިރު ދަރިން ތިބެނީ ނިދައިފައެވެ. ރޭގަނޑު އާދެވޭއިރު ދަރިން ތިބެނީ ނިދައިފައެވެ. ބައްދަލު ނުވާތާ 10 ވަރަކަށް އަހަރުވީއެވެ. ނަމަވެސް ހިތާމައަކީ މިއީ ކުރަން ހުއްދަ ކަމެއްތޯ؟ މިފަދަ ވަޒިފާއެއް އަދާކުރުން ހުއްދަތޯ އެއްވެސް މީހަކު ސުވާލެއް ނުކުރާނެއެވެ. އެއީ ވަޒީފާ ދޫކޮށްލަން ޖެހި ލިބޭ ފައިސާ މަދުވެދާނެތީ އެކަމުގެ ބިރަށެވެ. 

ހަމަ އެއާއިއެކު އިސްލާމް ދީނުގައި އޮންނަ ގޮތަށް ކަންކަން ކުރަން އެއްވެސް މީހަކު މަސައްކަތް ފަށައިފިނަމަ އެމީހަކު އެހެރީ ބޯ ސަކަރާތްވެފައި ކަމަށް ބުނެ މީސްތަކުން ވާހަކަދައްކަން ފަށާނެއެވެ. އަދި އެމީހާ އާއި މެދު ހަމްދަރުދީވާކަމަށްބުނެ އެހީތެރިވުމުގެ ނަމުގައި އިސްލާމް ދީނާއި ދުރަށް ޖައްސުވަން ގަދައަޅައި މަސައްކަތްކުރާނެއެވެ. 

މި ދުވަސްތަކުގައި ނުވަތަ މިޒަމާނުގައި މިކަންކަން މެދުވެރިވާނެކަން ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

1 ޒުވާނުން ފާފަކުރުމަށްފަހު ފަޚުރެއް ކަމަށް ދެކެ ފައުޅުކުރާނެކަމާ އަންހެނުންނަކީ މިހައި ލަދު ހަޔާތް ކުޑަ ބައަކަށްވެގެން މަގުމަތީގައި އުޅެން ކެރޭ ބައަކަށް ވެދާނެކަން

2 އިސްލާމް ދީނަށްޓަކައި ޤްރްބާން ވުމުގެ ރޫޙެއްގެ ތެރެއިން އުފެދިގެން އައި އިސްލާމް ދީނަށް ޤުރްބާންވުން މުސްލިމުން ހުއްޓާލައިފާނެކަން

 

ހެޔޮ އަމަލުކުރުން ހުއްޓައިލުމާއި މުންކަރާތްތައް މަނާކުރުން ހުއްޓައިލުމުން ދެން މީސްތަކުންނަށް ވާނެ ގޮތާއިމެދު ރަސޫލް (ޞޢޥ) ވަނީ ސުވާލު އުފައްދަވައިފައެވެ. މިއަދު މިދެވެނީ ކޮން އަމާޒަކަށްބާވައެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް