އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަނީގެ މައްސަލައެއްގަ ފިލްމީތަރި ފިރާގު ހޯދަނީ!

ދަރަނީގެ މައްސަލައެއްގަ ފިލްމީތަރި ފިރާގު ހޯދަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

ދަރަނީގެ މައްސަލައެއްގައި ފިލްމީ ތަރި އަލީ ފިރާގު ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދެފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މާލެ، ގ. ރެއިންބޯ، ޢަލީ ފިރާޤް (54އ) އެވެ.

ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގ. ރެއިންބޯ، ޢަލީ ފިރާޤް (54އ.) ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2019 ނޮވެމްބަރު19 ވަނަ ދުވަހުގެ 13:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ފިރާޤާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށްވެސް ފުލުހުން އެދިފައިވެއެވެ.

"މިއަދުނޫހަށް" އެނގިފައިވާ ގޮތުގައި، ފިރާގަކީ ފިލްމު ކުޅުމުގެ އިތުރުން ރިސޯޓުތަކުގެ ކޮނސްޓްރަކްޝަން މަސައްކަތްތައް ކުރުމަށް މަސައްކަތް ނަގާ، ބައެއް މީހުންނާއި އެމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ މީހެކެވެ. އެގޮތުން އޭނާގެ ބައެއް މަސައްކަތު މީހުންނަށް މުސާރަ ނުދެވޭ ކަމަށާއި މިދިޔަ އަހަރު އޭނާ ހަވާލުވި އާރަށުގެ މަސައްކަތް ކުރި ބައެއް މަސައްކަތު މީހުންނަށް ވެސް މުސާރަ ނުދެވި މިއަދާއި ހަމައަށް ހުރިކަން ވެސް އެނގިފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ