އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމް ދީނުގެ ބަސް ހާމަކުރުމުގަ މިކަންކަމަށް ވިސްނައިލާށެވެ!

އިސްލާމް ދީނުގެ ބަސް ހާމަކުރުމުގަ މިކަންކަމަށް ވިސްނައިލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

އިސްލާމް ދީނާއި ގުޅުން ނެތް ކަމެއްގައި މީހުން ފައުޅުކުރާ ޚިޔާލުތަކަށް ރައްދު ދީ ޖަދަލު ނުކުރާށެވެ! ކޮންމެ މީހަކަށްވެސް އެމީހެއްގެ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. ނަމަވެސް އިސްލާމް ދީނާއި ގުޅުވައިގެން ކޮންމެ މީހަކު ބަހެއް ބުނި ނަމަވެސް އެކަމުގެ ސަބަބުން އިސްލާމް ދީނަށް އެއްވެސް މިންވަރެއްގެ އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވޭނަމަ އެކަމެއްގެ ޙަޤީޤަތް އިސްލާމް ދީނުން އޮޅުންފިލުވައިދޭށެވެ! 

އެކަން ނުކުރާނަމަ އިސްލާމް ދީނުގެ ކަންކަން މީސްތަކުންނަށް އޮޅިދާނެއެވެ. މީހުންނަށް ބުނެވިފައި ހުންނަ ކުށް ބަސްތައް އެއީ ރަނގަޅު ބަސްތަކެއް ކަމުގައި ބަލައިގަނެވި ޙައްޤު ގޮތް އޮޅިދާނެއެވެ. ވީމާ އިސްލާމް ދީނުގައި ބަޔާންވެގެންވާ ޙައްޤު ގޮތް މީސްތަކުންނަށް އޮޅުން ފިލުވައި ދިނުމަކީ އިސްލާމް ދީނުގެ ކަންކަން އެނގޭ ކޮންމެ މީހެއްގެ ވެސް ވާޖިބެކެވެ. 

މިގޮތުން ކަންކަން ހާމަކުރާއިރު ގުޅުންހުރި އާޔަތްތަކާއި ޙަދީޘްފުޅުތައް ބަޔާންކުރާށެވެ! ހަމައެކަނި ބަހެއް ބުނެލުމަކުން ނުފުދޭނެއެވެ. ކޮންމެ ކަމެއްގެވެސް ދަލީލު މީހުން ބޭނުންވާނެތީއެވެ. 

އިސްލާމް ދީނުގެ ކަންކަމުގައި ބަސް ބުނާ ބައެއް މީހުން ބަސް ބުނަނީ ހޯދަންވާވަރަށް މައުލޫމާތު ހޯދައިގެނެއް ނޫނެވެ. އިވޭ ކޮންމެވެސް އަޑެއް ހާމަކޮށްލަނީއެވެ. އެގޮތަށް އެކަން ނުކުރާށެވެ! ތިމާ ހާމަކުރާ ބަހަކީ އިތުބާރު ހިފޭ ދީނީ ޢިލްމުވެރިއެއްގެ ބަސްކަން ކަށަވަރުކުރާށެވެ! 

ހަމަ އެއާއިއެކު އެއްވެސް ދީނީ ޢިލްމުވެރިއަކު އަނެއް ޢިލްމުވެރިޔާގެ ވާހަކަ ދޮގުކޮށް ޖަދަލުކުރާނަމަ އެކަމުގެ ދަލީލު ދައްކަންވާނެއެވެ. ނަމަވެސް ރުޅިވެރި އުޞޫލު ގެންގުޅުމެއް ނެތެވެ. ތަފާތު މަޛްހަބްތައް އޮތުމުން ޚިޔާލު ތަފާތުވެދާނެއެވެ. އެއީ އެކަކު އަނެކަކު ކުށްވެރިކުރަން ޖެހޭ ސަބަބެއް ނޫނެވެ. އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކަށެވެ. އެމަގުން ކުރިއަށްދިއުމުން އެއްވެސް މައްސަލއެއް ނުއުފެދޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް