އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރެސްޓޯރަންޓްތަކުން ކާ މީހުން މި ޙަދީޘްފުޅަށް ވިސްނައިލުން މުހިންމު!

ރެސްޓޯރަންޓްތަކުން ކާ މީހުން މި ޙަދީޘްފުޅަށް ވިސްނައިލުން މުހިންމު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

ރެސްޓޯރަންޓްތަކަށް ގޮސް ބޮޑު ޚަރަދުކޮށްގެން ކައި އުޅޭ މީހުން މި ހަދީޘްފުޅަށް ވިސްނައިލާށެވެ! މުހިންމު ފިލާވަޅެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ކައި ހުސް ނުކުރެވުނު ނަމަވެސް ކޮންމެ މީހަކަށް ވައްތަރަކަށް އޯޑަރުކޮށް ލާރި ޚަރަދުކުރާ މީހުންނަށެވެ. 

Prophet Mohammad () said,

 "The food for two persons is sufficient for three, and the food of three persons is sufficient for four persons."

Sahih al-Bukhari 5392 

މިޙދީޘްފުޅުން އެނގިގެންދަނީ 2 މީހަކަށް ގެންނަ ކެއުމުން 3 މީހުންނަށް ފުދޭނެ ކަމެވެ. 3 މީހަކަށް ގެންނަ ކެއުމުން 4 މީހަކަށް ފުދޭނެ ކަމެވެ.

ކާންވީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރެއްވެވި މިންވަރަށެވެ. އެއީ ގޮހޮރުގެ ތިންބައިކުޅަ އެއް ބައެވެ. އަނެއް ތިންބައިކުޅަ އެއްބައި ފުރަން އޮތީ ފެނުންނެވެ. އަނެއްބައި އޮތީ ނޭވާލުމަށްޓަކައި ހުހަށް ބޭއްވުމެވެ. 

ފައިސާގެ ތަނަވަސްކަން ހުރި ނަމަ ރެސްޓޯރަންޓްތަކަށްގޮސް ކައި އުޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އެހިތްހަމަޖެހުން ލިބިނުގަންނަވީ ސަބަބެއްވެސް ނެތެވެ. ޔަޤީން ކުރަންވީ ހަމައެކަނި ކަމަކީ މިކެވެނީ ޙަލާލުތަކެތި ކަމެވެ. މިކަމުގައި ވިސްނަން ޖެހޭނެ ކަމަކީ ކަނީ ކުކުޅު ނުވަތަ ބަކަރި މަސް ފަދަ ޙަލާލު އެއްޗެއް ނަމަވެސް ކެއުމަށް ހޭދަކުރާ ފައިސާއަކީ ޙަރާމް ގޮތުގައި ހޯދާފައި ހުރި ފައިސާ ނަމަ އެކެވޭ އެއްޗަކާއިމެދުގައެވެ. 

ރަސޫލް (ޞޢވ) މިކަންކަން ބަޔާން ކުރައްވަވާފައިވަނީ މީގެ 1450 ވަރަކަށް އަހަރު ކުރިން ނަމަވެސް ކެއުމުގެ އެ މިންގަނޑުތަކަކީ ޞިއްޙަތަށް އެންމެ ފައިދާހުރި މިންގަނޑުކަމަސް މިއަދުގެ ސައިންސްވެރިންގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ. ޑޮކްޓަރުން އެކަމަށް އެއްބަސްވެއެވެ. 

އަދިވެސް ކެއުން ބުއިމާއި ގުޅުންހުރި އެއްކަންތައް ފާހަގަކޮށްލާނަމެވެ. މުސްލިމް ޑޮކްޓަރުން ނޫން ޑޮކްޓަރުންގެ ތެރެއިންވެސް ވަރަށް މަދު ޑޮކްޓަރަކު ނޫނީ ބަގުރާ ނުބޯނެއެވެ. އެއީ އެކަމުން ލިބޭ ޞިއްޙީ ގެއްލުންތައް އެމީހުންނަށް ރަނގަޅަށް އެނގޭތީއެވެ. ވީމާ މިކަމުންވެސް އެނގިގެންދަނީ އިސްލާމް ދީނުގައި ބަނގުރާ ބުއިން ޙަރާމް ކުރައްވަވާފައިވަނީ ހަަމ އަހަރެމެންނަށް ރަނގަޅަކަށް ކަމެވެ. މީސްތަކުންގެ ފައިދާއަށް ކަމެވެ. 

ނިންމާލަމުން ކުޑަ ނަޞޭޙަތެއްވެސް ދޭނަމެވެ. ރެސްޓޯރަންޓްތަކުން ކާއިރު އޯޑަރުކޮށްގެން ގެންނަ އެއްޗެތި ހުސްނުވެ ކިތަންމެ ކުޑަ މިންވަރެއް ހުރިނަމަވެސް ބަނަދުކުރުވައިގެން ގެއަށް ގެންދާށެވެ! ނޫނީ މަގުމަތިން ފަޤީރަކަށް ދޭށެވެ. އެތަކެތި ނުގެންދިއަ ނަމަ ރެސްތޯރަންޓްތަކުން އެތަކެތި އަޅާނީ ޑަސްޓްބިނަށެވެ. އުކައިލާނީއެވެ. އެކަން ވާނީ އެމީހަކު ކުރި އިސްރާފަކަށެވެ. އިސްރާފް ކުރުމަކީ މުސްލިމުންނަށް ޙަރާމް ކަމެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް