އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހައްދުފަހަނައަޅާފައިވާ އަމަލުތަކާ ދީނުގެ ޙައްޤު މަސައްކަތަކީ އެއް މަސައްކަތެއްކަން ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް: ޝައިޚް އިމްރާން

ހައްދުފަހަނައަޅާފައިވާ އަމަލުތަކާ ދީނުގެ ޙައްޤު މަސައްކަތަކީ އެއް މަސައްކަތެއްކަން ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެއް: ޝައިޚް އިމްރާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 2 ސިކުންތު

"އިސްލާމް ދީނުގެޢިލްމުފެތުރުމަކީ ދީނީ ޞައްޙަ ޢަޤީދާ ބަޔާންކޮށް، ޢިލްމުވެރިންގެ  މަސްއޫލިއްޔަތެކެވެ. 

އިސްލާމް ދީނުގެ ނަމުގައި ހިންގާ ހައްދުފަހަނައަޅާފައިވާ އަމަލުތަކާއި އިސްލާމް ދީނުގެ ޙައްޤު މަސައްކަތް އެއީ އެއް މަސައްކަތެއްކަން ދައްކަން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ." – 

މިއީ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ. 

ރާއްޖޭގައި ތިއްބެވި ދިނީ ޢިލްމުވެރިންނަކީ އިސްލާމް ދީނުގެ މަގުގައި ޙައްޤު މަސައްކަތްތައް ވަރަށް ބޮޑަށް ކުރައްވަމުން ގެންދަވާ ބޭފުޅުން ކަމަށާއި ނަމަވެސް އެންމެ ބޭފުޅަކު ނުވަތަ މަދު ބޭފުޅުން ކުރައްވާ ނުރަނގަޅު ކަމަކުން އިސްލާމް ދީނުގެ މަގުގައި ކުރެވޭ ޙައްޤު މަސައްކަތްތައް ކުށްވެރިކޮށް ބަދުނާމުކޮށްގެން ނުވާނެ ކަމަށް ޝައިޚް އިމްރާން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ. 

އަދާލަތު ޕާޓީގައި ތިއްބެވި ދީނީ ޢިލްމުވެރިންނަކީ ވެސް އިސްލާމް ދީނުގެ ޙައްޤު މަގުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޢިލްމުވެރިންކަންވެސް ޝައިޚް އިމްރާން ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން އެމީހަކު ފަރުދީ ހައިޞިއްޔަތުން ކުރާ ނުރަނގަޅު ކަމެއްގެ ސަބަބުން މުޅި ޖަމާޢަތް ކުށްވެރިކުރާ ގޮތަށް ވާހަކަ ދެއްކުމާއި ކަންކަން ކުރުން ޝައިޚް އިމްރާން ވަނީ ކުށްވެރިކުރައްވައިފައެވެ. އަދި އެއްވެސް މީހަކު ރަނގަޅު ނޫން ކަމެއް ކޮށްފިނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ޝައިޚް އިމްރާން ވަނީ ވިދާޅުވެފައެވެ.  

ޝައިޚް އިމްރާން މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ ރާއްޖޭގައި އިސްލާމް ދީން މަތިވެރި ކުރަން ކުރާ މަސައްކަތްތައް ކުށްވެރިކުރައްވައި ރައީސް ނަޝީދު ތަފާތު ވާހަކަފުޅުތައް ދައްކަވަމުން ގެންދަވާ ވަގުތެއްގައިކަންވެސް ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް