އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިސްލާމީ ވަހުދަތު ހިފަހައްޓަން ކުރަންޖެހޭ ކޮންމެ މަސައްކަތެއްގަ ދީނީ ޢިލްމުވެރިންނާއެކު ރައްޔިތުން ތިބުމަށް ޝައިޚް ޢަލީ ޒާހިރު އެދިވަޑައިގެންފި

އިސްލާމީ ވަހުދަތު ހިފަހައްޓަން ކުރަންޖެހޭ ކޮންމެ މަސައްކަތެއްގަ ދީނީ ޢިލްމުވެރިންނާއެކު ރައްޔިތުން ތިބުމަށް ޝައިޚް ޢަލީ ޒާހިރު އެދިވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 42 ސިކުންތު

އިސްލާމީ ވަހުދަތު ހިފަހައްޓަން ކުރަން ޖެހޭ ކޮންމެ މަސައްކަތެއްގައި ވެސް ދީނީ ޢިލްމުވެރިންނާއިއެކު ތިއްބެވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެދިވަޑައިގެންފިއެވެ.

ސަލަފު ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ސަލަފް ކުރިއަށް ދާނީ އެމަގުން ކަމަށާއި ނަމަވެސް ފަހަރެއްގައި ބާރުގަދަ ނުފޫޒު ގަދަ ފަރާތްތަކެއްގެ ބޭނުމަށް ނުވަތަ އެކަން ކުރެވިދާނެ ގޮތްތަކެއް ރާވައި ހިންގައި ފްރޭމްކޮށްގެންވެސް ސަލަފް އުވާލެވިދާނެ ކަމަށެވެ. 

"ސަލަފް އުވާލިނަމަވެސް ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ އިސްލާމް ދީނަށްޓަކައި ކުރަން ޖެހޭ މަސައްކަތް އެވަގުތަކު ކުރިއަށް ގެނދެވެން އޮތް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދަން. ސަލަފް އުވާލެވިދާނެ. ނަމަވެސް އަޅުގަނޑު ޔަޤީންކޮށް މިއަރުވަނީ އަޅުގަނޑުމެން ދުނިޔޭގައި ތިބިހައި ދުވަހަކު ކީރިތި ޤުރްއާނާ ރަސޫލް (ޞޢވ)ގެ ސުންނަތް މި ބިންމަތީގައި އޮންނާނެ. އެކަމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ ވާހަކަ ހުރިހާ ރައްޔިތުންނަށް ދަންނަވަން."   

"އަޅުގަނޑަކީވެސް ސަލަފުގެ ވަރަށް ގިނަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހެއް. ސަލަފަކީ އިސްލާމް ދީނުގެ މެދުމިނުގެ އުޞޫލުތަކާއި އެއްގޮތަށް އިސްލާމް ދީނުގެ ކަންކަން އުނގަންނައިފދޭން ވަރަށް ބޮޑަށް މަސައްކަތްކުރާ ޖަމިއްޔާއެއް. ސަލަފް ޖަމިއްޔާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއިއެކު މި ނާޒުކު ދަނޑިވަޅުގައި ބައެއް ކަންކަމަށް އިލްތިމާސްކުރަން ބޭނުން." 

ރާއްޖޭގަ ސެކިޔުލާ ފިކުރުތަކަށް ޖާގަ ދިނުމަށް ކުރެވޭ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލައްވައި ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ އެގޮތުން ބަލާއިރު އެއްވެސް ޝަރުޢީ ޤާނޫނީ ހަމައެއް އުޞޫލެއް ނެތި ސަލަފާ އަދި ދީނީ ޢިލްމުވެރިންނަށް ބިރުދައްކައި ރާއްޖޭގައި ސެކިޔުލާ ފިކުރުތަކަށް ޖާގަ ދިނުމަށް ކުރެވޭ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލަން އިލްތިމާސްކުރައްވާ ކަމަށެވެ.   

މަދަނީ ޖަމިއްޔާތައް ހިންގަން އޮންނަ ޤާނޫނީ އުޞޫލުގެ ތެރެއިން ސަލަފާއި އެހެން ޖަމިއްޔާތައް ހިންގަން އޮންނަ ހަމަ އުޞޫލުން ކަންކަން ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެކަމަށް ހުރަސް އެޅުމަށާ ސަލަފް ޖަމިއްޔާގެ ދައުރު ހަނިކުރަން ކުރަމުންދާ މަސައްކަތްތައްވެސް ހުއްޓާލަން ޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށްވެސް ޝައިޚް ޢަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ.  

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް