އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަފްރަތު އުފެއްދުމުން ދީނީ ޢިލްމުވެރިންގެ ބަސް ޤަބޫލުނުކޮށް، މުޖުތަމަޢުގަ ނޭދެވޭ މައްސަލަތައް އިތުރުވޭ!: ޝައިޚް ޢަލީ ޒާހިރު

ނަފްރަތު އުފެއްދުމުން ދީނީ ޢިލްމުވެރިންގެ ބަސް ޤަބޫލުނުކޮށް، މުޖުތަމަޢުގަ ނޭދެވޭ މައްސަލަތައް އިތުރުވޭ!: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ދީނީ ޢިލްމުވެރިންނާއިމެދު ނަފްރަތު އުފެއްދުމުގެ ސަބަބުން ބައެއް މީހުން ދީނީ ޢިލްމުވެރިންގެ ބަސް ޤަބޫލުނުކޮށް ކުރާ ކަންކަމުގެ ސަބަބުން މުޖުތަމައުގައި ނޭދެވޭ މައްސަލަތައް ކރުިމަތިވަމުން އަންނަކަމަށާއި އެއީ ހިތާމަހުރި ކަމެއް ކަމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

އަމިއްލަ އަމިއްލައަށް ކައިވެނިކުރުން ފަދަ ކަންކަން ހިނގަމުން ދަނީ ދީނީ ޢިލްމުވެރިންގެ ބަސް ޤަބޫލު ނުކުރާ މީހުން ތިބޭތީކަން ވެސް ޝައިޚް ޢަލީ ޒާހިރު ފާހަގަކުރައްވާއިރު ރާއްޖޭގެ ހުރިހާ ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ ކޯޓުން ބޭރުގައި ކައިވެނި ނުކުރަން އިލްތިމާސް ކުރައްވަމުންނެވެ. އަދި ވަރިކުރި ނަމަވެސް އެކަން ސިއްރުނުކޮށް އަވަހަށް ކޯޓުގައި ވަރި ރަޖިސްޓްރީކުރަންވެސް ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.

"ދީނީ ޢިލްމުވެރިންނާއިމެދު ނަފްރަތު އުފެއްދުމުގެ ސަބަބުން ބައެއް މީހުން ދީނީ ޢިލްމުވެރިންގެ ބަސް ޤަބޫލުނުކޮށް، އަމިއްލަ އަމިއްލައަށް ކައިވެނިކުރުން ފަދަ ނޭދެވޭ ކަންތައްތައް މުޖުތަމައުގައި ހިނގަމުންދާކަމީ ހިތާމަހުރި ކަމެކެވެ." ޝައިޚް ޢަލީ ޒާހިރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް