އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭ އެއްވެސް ފަރާތެއް ނެތް ކަމަށް ކޮމިޝަނުގެ ނައިބް ރައީސް ވިދާޅުވި: ޝައިޚް އިމްރާން

މަރުކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން ފިޔަވަޅު އަޅަންޖެހޭ އެއްވެސް ފަރާތެއް ނެތް ކަމަށް ކޮމިޝަނުގެ ނައިބް ރައީސް ވިދާޅުވި: ޝައިޚް އިމްރާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 31 ސިކުންތު

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ހާދިސާ އާއި ގުޅިގެން މަރުކޮމިޝަނުން ނެރުނު ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅަންޖެހޭ އެއްވެސް މީހަކު ނުވަތަ ފަރާތެއް ނެތް ކަމަށް މަރު ކޮމިޝަނުގެ ނައިބް ރައީސް ވިދާޅުވި ކަމަށް ދާޚިލީ ވަޒީރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝައިޚް އިމްރާން ވިދާޅުވީ ރިޕޯޓް ނެރުމުން މަރު ކޮމިޝަނުގެ ބޭފުޅުންނާއި ޕީޖީގެ ބޭފުޅުންނާއި ފުލުހުންނާއި ބައްދަލުކުރެއްވި ކަމަށެވެ. އަދި އެކަމާއިމެދު ވަކިގޮތަކަށް ވިދާޅުވެވެން ނެތް ކަމަށް މަރު ކޮމިޝަނުގެ ބޭފުޅުން ވިދާޅުވުމުން 24 ގަޑިއިރު ދެއްވުމަށްފަހު އަލުން ބައްދަލުކުރެއްވުމުން "  އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް، އެއްވެސް މީހަކަށް ހައްޔަރު ކުރުމުގެ އަމުރެއް ނެރޭކަށް، އަދި މީހެއްގެ މައްޗަށް ދައުވާއެއް ކުރާކަށް ވެސް ޖާގައެއް ނެތް ކަމަށް" ކޮމިޝަނުގެ ބޭފުޅުން ވިދާޅުވިކަމަށް ޝައިޚް އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދާއި ހަމައަށްވެސް މަރު ކޮމިޝަނުން ފުލުހުންގެ އެހީތެރިކަމަށް އެދިފައި ނުވާ ކަމަށާއި، ރިޕޯޓާ ގުޅިގެން ފުލުހުންގެ އެހީތެރިކަން ބޭނުންވެއްޖެ ނަމަ އެކަމަށް ފުލުހުން ތައްޔާރަށް ތިބި ކަމަށް ވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބް ރައީސް އީވާ ޢަބްދުﷲ އާއި މަޖިލީހުގައި އެމްޑީޕީއަށް ނިޞްބަތްވާ ބައެއް މެންބަރުން ގެންދަނީ އެ ރިޕޯޓުގެ މައްޗަށް ދަޢުވާ ކުރެވޭނެ ކަމަށް ބުނަމުންނެވެ.  

ރިޕޯޓުގައި ހިމަނާފައިވާ ސަލަފު ޖަމިއްޔާއިން ވަނީ އެއްވެސް ފަރާތަކުން މައްސަލަ ތަޙްޤީޤް ކުރާ ނަމަ އެކަމަށް މަރުޙަބާ ކިޔައި ފުރިހަމަ އެއްބާރުލުން ދޭނެކަން ވެސް ހާމަކޮށްފައެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ އެ ޖަމިއްޔާގެ ނަން ރިޕޯޓުގައި ހިމަނާފައިވަނީ އެ ޖަމިއްޔާ އާއި އެއްވެސް ވަރަކަށް މަޝްވަރާ ވެސް ނުކޮށް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް