އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވާހަކަ" ދައްކަން ބޭރުގެ ފަރާތްތަކުން ފައިސާ އާ އެހީދޭ: ރައީސް ނަޝީދު

"ވާހަކަ" ދައްކަން ބޭރުގެ ފަރާތްތަކުން ފައިސާ އާ އެހީދޭ: ރައީސް ނަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 35 މިނެޓް, 19 ސިކުންތު

ރާއްޖޭގަ "ވާހަކަ" ދައްކަން ބޭރުގެ ފަރާތްތަކުން ފައިސާ އާ އެހީދޭ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

"ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާ ދޭދޭ މީހުން އައިސް އަޅުގަނޑުމެންގެ ކައިރީ އާދޭސްކޮށް އަޅުގަނޑުމެންނަށް ފައިސާދީ ހަދާފަ މިބުނަނީ ކަލޭމެން އަނެއްކާވެސް އިށީނދެ މިވާހަކަދައްކަބަލާށޭ" 

ރައީސް ނަޝީދު މިހެން ވިދާޅުވީ ސަލާމަތީ ބާރުތަކުން މައްސަލަތައް ބަލަން އިހްމާލުވަމުން ދަނީ  "އަނދިރިބާރުތަކަށް" ބައިތު ހިފާފައިވާތީކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ. ސަލާމަތީ ބާރުތަކުގެ އެފަދަ ވާހަކައެއް ދައްކަން ބޭރުގެ ޖަމާއަތްތަކުން ފައިސާ ދޭން ޖެހެންވީ ކީއްވެގެންކަން ވިދާޅުވެފައެއް ނުވެއެވެ. އެއީ ޙަޤީޤީ މައްސަލައެއް ނަމަ އެ ވާހަކައެއް ދައްކައި ކަންކަން އިޞްލާޙްކުރުމަކީ ދައުލަތުން ކުރަން ޖެހޭނެ ކަމެކެވެ. ރައްޔިތުންގެ ފައިސާއިން ނުހަނު ބޮޑު މުސާރަ އާއި ދައުލަތުގެ ބަޖެތާއި ނުބައްދަލު ޢިނާޔަތްތައް ދެމުން ގެންދަނީ އެކަންކަން ކުރުމަށެވެ. ވީމާ އެކަންކަން ކުރަން ބޭރުގެ ފަރާތްތަކުން ދޭ ފައިސާއެއްގައި ހިފަން ޖެހެނީ ކީއްވެގެންކަންވެސް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ. 

ރައީސް ނަޝީދު މިފަދަ ބަސްފުޅެއް ވިދާޅުވުމުން ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މިއީ ކުރެވެމުން އައި ޝައްކުތަކަށް ލިބުނު ވަރަށް ބޮޑު ޔަޤީންކަމެއް ކަމަށެވެ. 

"ދޮން މީހުންގެ އަތުން ފައިސާ ހޯދައިގެން އިސްލާމް ދީނާއި ބީރައްޓެހި އެޖެންޑާތައް ހިންގާ ކަމަށް އަމިއްލައަށް އިއްތިރާފްވެއްޖެ. ދިވެހި ރައްޔިތުންނަށް ވަނީ މީގެ ކުރިންވެސް މިބައިމީހުންގެ އަޞްލު މަޤްޞަދު އެމްޑީއެން މައްސަލއިގެ ތެރެއިން ފައުޅުވެ ނިމިފައެވެ. މިއަދު އަމިއްލަ ދުލުން އިޢްތިރާފް!"—ޝައިޚް ޢަލީ ޒައިދު 

ރާއްޖޭގެ ޤާނޫނު އަސާސީގައިވާ ކަންކަން ނަގަހައްޓަން ދައްކަން ޖެހޭ އެއްވެސް ދައްކަން ބޭރުގެ ފަރާތްތަކުން ފައިސާ އާއި އެހީ ދޭން ޖެހެންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ޝައީކް ޢަލީ ޒައިދު ފާހަގަ ކުރައްވާފައި އެވަނީ ރާއްޖޭގައި އިސްލާމް ދީނާއި ބީރައްޓެހި ވާހަކަތައް ދައްކަމުން ގެންދަނީ އެފަދަ ފައިސާ ހިފައިގެން ކަމަށެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް