އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަދުރޭ މާދަމާ ރޭ ފުލުހަށް ހާޒިރުކުރަނީ!

އަދުރޭ މާދަމާ ރޭ ފުލުހަށް ހާޒިރުކުރަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ކޯޓުތަކުގައި ކުރާ ޝަރީޢަތްތަކާއި ގުޅިގެން މަގުމަތީގައި މުޒާހަރާ ކުރުން ކުރިން ކުށްވެރި ކުރަމުން އައި ނަމަވެސް މިހާރު އޭނާ ކުރާ އެފަދަ އަމަލުތަކުން ޕަބްލިކް ނިޔުސަންސަކަށް ވެފައިވާ ޕީއެންސީގެ ރައީސް އަދުރޭއަށް މާދަން ރޭ 8.00 އަށް މާދަމާ ރޭ 8.00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ. 

އަދުރޭ ފުލުހަށް ހާޒިރުކުރަނީ ރައީސް ޔާމީނަށް އިއްޔެ ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުން އިއްތިފާޤުވެ އިއްޔެ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް އިއްވި ޙުކުމާއި ގުޅިގެން ފަނޑިޔާރުންނަށް ނިޞްބަތްކޮށް ހުތުރު ބަހެއް ބުނެ 5 ފަނޑިޔާރުން ޖަލަށް ލާނެ ކަމުގެ އިންޒާރު ދިން މައްސަލައިގައެވެ. 

އަދުރޭ އަކީ އެސްޓީއޯގެ ފޮނަދޫ ފިހާރައިން ވައްކަން ކުރި މައްސަލައެއްގައި ކުރިން އަރުވާލާފައިވާ މީހެކެވެ. އެއިގެ ފަހުންވެސް ލ. އަތޮޅު އޮފީހުން ފެންމަތިވި ފައިސާގެ މައްސަލަތަކެއްގައި ސަސްޕެންޑްކޮށް ރަށު އޮފީހުގައި އޮންނަ ފޮތެއްގައި ސޮއިކުރަންވެސް ޖެއްސިއެވެ. 

ރައީސް ޔާމީނު ވެރިކަމަށް އައިއިރު ކުޑަ ފިހާރައެއް ހިންގި އަދުރޭ އަކީ މިހާރު މިލިއަނަރެއްކަމަށް ގިނަ ބައަކު ބުނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް