އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދައުލަތުގެ ފައިސާއިން ދޫވެހި މަރާމާތުކުރި ގޮތަށް ޖަލުތައް ވެސް މަރާމާތު ކުރިނަމަ މިއަދު ތިއަ ވާހަކަ ދައްކާކަށް ނުޖެހޭނެ!

ދައުލަތުގެ ފައިސާއިން ދޫވެހި މަރާމާތުކުރި ގޮތަށް ޖަލުތައް ވެސް މަރާމާތު ކުރިނަމަ މިއަދު ތިއަ ވާހަކަ ދައްކާކަށް ނުޖެހޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 1 ސިކުންތު

"ވެރިކަމަށް ވަޑައިގެން ދައުލަތުގެ ފައިސާއިން އަމިއްލަ ގޭގެ ލިފްޓް ބަހައްޓައި މުޅި ގެ މަރާމާތުކުރި ގޮތަށް، ޖަލުތައްވެސް މަރާމާތުކޮށް ރަނގަޅު ޙާލަތަށް ގެނެސްފައި ބެހެއްޓި ނަމަ މިއަދު ތިއަ ދައްކާ ވާހަކަތައް ދައްކާކަށް ނުޖެހޭނެއެވެ. މަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ބޭނުމަށް ބަންދުކުރި އެންމެންވެސް ތިބީ ހަމަ ތިއަ ގޮޅިތަކުގައެވެ." 

މިއީ މިއަދު ބައެއް މީހުން ބުނަމުން ގެންދާ ބަސްތަކެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުން ފުރަތަމަވެސް ކުރެއްވި ކަމަކީ ރައްޔިތުންގެ ފައިސާ ޚަރަދުކޮށްގެން އަމިއްލަ ގެ ގ. ދޫވެހި ރަނގަޅު ފެންވަރަކަށް ގެނައުމެވެ. ދިރިއުޅޭނީ އަމިއްލަ ގޭގައި ކަމަށް ބުނެ ދައުލަތުގެ ފައިސާ ހޭދަކޮށްގެން ގ. ދޫވެހި ރަނގަޅު ފެންވަރަކަށް ގެނައުމަށްފަހު ދެން ފެނުނީ ހިލާލީގެއަށް ބަދަލުވިތަނެވެ.  

ފަހުން ދޫވެހި ވިއްކައިލީ ކަމަށް ބުނާއަޑުވެސް އިވުނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވަން ގ. ދޫވެހި މަރާމާތުކޮށް ޒަމާނީ ފެންވަރަށް ގެންނަން ދައުލަތުން ކުރި ޚަރަދު އަނބުރައި ދައުލަތަށް ދިންކަން އަދި އެނގިފައެއް ނުވެއެވެ.

އަމިއްލަ ގޭގައި ދިރި އުޅޭނެ ކަމަށް ބުނެ ދައުލަތުގެ ފައިސާއިން ގެ މަރާމާތުކުރަން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްފައި ތިމާއަށް މަންފާ ލިބޭ ގޮތަށް ބޮޑުއަގުގައި ގެ ވިއްކައިލުން ނުވަތަ ބަދަލުކުރުމަކީ ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެރިވުންކަމަށް ނުވަނީ ކީއްވެގެން ކަމާއިމެދުވެސް ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް