އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗްއާރްސީއެމްގެ ޓީމެއް ރައީސް ޔާމީނާއި މިއަދު ވެސް ބައްދަލު ކުރައްވައިފި!

އެޗްއާރްސީއެމްގެ ޓީމެއް ރައީސް ޔާމީނާއި މިއަދު ވެސް ބައްދަލު ކުރައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ޓީމަކުން، މާފުށީ ޖަލުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި މިއަދު ވެސް ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޔާމީން ޖަލަށްލާން ހުކުމް ކުރި ފަހުން އެންމެ ފުރަތަމަ އެޗްއާރްސީއެމް ގެ ޓީމަކުން އެމަނިކުފާނާއި ބައްދަލު ކުރައްވާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލޭ ޖަލުގައި އެމަނިކުފާނު ހުންނަވަނިކޮށެވެ.

އޭގެފަހުން މިއަދު ހެނދުނު މާފުށީ ޖަލުގައި އެޗްއާރްސީއެމް ގެ ޓީމަކުން ބައްދަލު ކޮށްފައިވާއިރު، މިއަދު އެކޮމިޝަނުން އެމަނިކުފާނާއި ބައްދަލު ކުރެއްވި ވަކި ސަބަބެއް އަދި ވަނީ ހާމަވާގޮތް ނުވެފައެވެ.

ރައީސް ޔާމީނާއި އެޗްއާރްސީއެމްގެ ޓީމަކުން އެންމެ ފުރަތަމަ ބައްދަލު ކޮށްފައިވަނީ، އެމަނިކުފާނު މާލޭ ޖަލުގައި ހުންނެވި ގޮޅީގެ ފެންވަރު ދަށް ކަމަށް ބުނެ، ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން އެކޮމިޝަނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ