އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސާސީ ގަވައިދާއި ހިންގާ ގަވައިދު އިސްލާހުކުރުމަށް އުރީދޫއިން ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަނީ

އަސާސީ ގަވައިދާއި ހިންގާ ގަވައިދު އިސްލާހުކުރުމަށް އުރީދޫއިން ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބާއްވަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 58 ސިކުންތު

އުރީދޫ މޯލްޑިވްސް އިން އަސާސީ ގަވައިދާއި ހިންގާ ގަވައިދު އިސްލާހުކުރުމަށް ޚާއްސަ ގޮތުންކުރާ އާންމު ޖަލްސާއެއް 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 8:30 ގައި ހޮޓެލް ޖެން، ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫގެ ޙިއްސާދާރެއްގެ ގޮތުގައި 11 ޑިސެންބަރު ވާ ބުދަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވޭއިރު އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ ހިއްސާއަކަށް ވޯޓެއް ލިބިވަޑައިގަންނަވާނެއެވެ.

ޚާއްސަ ގޮތުން އުރީދޫއިން ކުރާ މި އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދޭކަމަށާއި އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުމަށް އުރީދޫއިން ވަނީ އެދިފައެވެ.

މި ފޯމުތައް ފުރުއްވުމަށްފަހު ހުށަހަޅުއްވާނީ 12 ޑިސެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫ ހެޑް އޮފީހަށެވެ.

މި އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޙިއްޞާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންވެސް) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ) ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ހޮޓެލް ޖެން، އަމީރު ޢަހްމަދު މަގު، މާލެ އަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމާއި ރެޖިސްޓަރ ކުރައްވަން ވަޑައިގަންނަވާއިރު ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބެދޭސީއެއް ނަމަ ޕާސްޕޯޓް ހިއްޕަވައިގެން ވަޑައިގެންނެވުން އުރީދޫއިން އެދެއެވެ.

ޖަލްސާ ފެށުމުގެ ކުރިން ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވަޑައި ނުގެންނެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

 

 

މިޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:

 

އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން

 

އެޖެންޑާ އައިޓަމް 2: ޗެއަރމަން، މިސްޓަރ ޑޭމިއަން ޕިލިޕް ޗެޕެލް ވާހަކަފުޅު ދެއްކެވުން

 

އެޖެންޑާ އައިޓަމް 3: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހުތައް ހުށަހެޅުން

 

އެޖެންޑާ އައިޓަމް 4: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން ހިއްސާދާރުން މަޝްވަރާކުރުން

 

އެޖެންޑާ އައިޓަމް 5: ހުށަހަޅާފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް އިސްލާހުތަކަށް ވޯޓު ދިނުން

 

އެޖެންޑާ އައިޓަމް 6: މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނަޖީބް ޚާން ވާހަކަފުޅު ދެއްކެވުން

 

އެޖެންޑާ އައިޓަމް 7: ޙިއްޞާދާރުންގެ އެހެނިހެން މަޝްވަރާތައް

 

އެޖެންޑާ އައިޓަމް 8: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ނަގާފައިވާ ވޯޓުގެ ނަތީޖާ އިއްވުން

 

އެޖެންޑާ އައިޓަމް 9: އަސާސީ ގަވާއިދާއި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުން

އެޖެންޑާ އައިޓަމް 10: ޖަލްސާ ނިންމުން

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު