އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކިތަންމެ ލޯބިވި ނަމަވެސް އަނބި ދަރިންނާ މައިންބަފައިން ގަންދީ ހުވާ ކުރުމުގެ ހުއްދަ މުސްލިމުންނަކަށް ނެތެވެ!

ކިތަންމެ ލޯބިވި ނަމަވެސް އަނބި ދަރިންނާ މައިންބަފައިން ގަންދީ ހުވާ ކުރުމުގެ ހުއްދަ މުސްލިމުންނަކަށް ނެތެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 26 ސިކުންތު

ހަމަ ކިރިޔާ ކަމެއް މެދުވާއިރަށް ތިމާ ބުނަނީ ޙައްޤުބަސްތައް ކަމުގައި ދެއްކުމަށްޓަކައި ނުވަތަ ތިމާގެ ތެދުވެރިކަން ސާބިތުކޮށްދިނުމުގެ ގޮތުން މައިން ބަފައިންނާއި އަނބިދަރިން ގަންދީ ބައެއް މީހުން އެބަ ހުވާކުރެއެވެ. 

ފުރަތަމަ ކަމަކީ ﷲ ތަޢާލާ ނޫން ދެވަނަ އެއްވެސް ފަރާތެއް ގަންދީ ހުވާ ނުކުރަން ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވުމެވެ. ރަސޫލް (ޞޢވ) ވަނީ އެކަމުގެ ސަބަބުވެސް ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއީ ތިބާ ހަދަނީ ތެދެއްކަން މައިންބަފައިންނަށާއި އަނބިދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ނުއެނގޭނެތީއެވެ. އެމީހުންނަށްވެސް އެނގޭނީ އެމީހުންނާއި ގުޅިގެން ނުވަތަ އެމީހުން ބައިވެރިކޮށްގެން ކޮށްފައި ހުންނަ ކަންކަން އެކަނި ކަމުގައި ވާތީއެވެ. އެހެންވެސް އެއްވެސް ކަމެއް ނުއެނގޭނެތީއެވެ. 

Prophet Muhammad () said:

 "Do not swear by your fathers, or by your mothers, or by rivals to Allah; and swear by Allah only, and swear by Allah only when you are speaking the truth."

Sunan Abi Dawud 3248 

ވީމާ ހުވާކުރަންވީ ތިބާ ދައްކާގެ ޙަޤީޤަތް، ދޮގު ތެދު ދެނެވޮޑިގެންވާ ﷲ ތަޢާލާ ގަންދީއެވެ.

ބައެއް މީހުންނަށް މިފަދަ ކަންކަން ކުރެވެނީ ނުއެނގިތިބެއެވެ. ހިތުގައި އަނބިދަރިންނަށާއި މައިންބަފައިންނަށް އޮންނަ ލޯބީގެ ބޮޑުކަމުން އެފަދަ ބަސްތައް ބުނެވެނީއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ކުރާނަމަ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރަން ސަމާލުކަން ދޭށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
7%
ރަނގަޅު
30%
އޯކޭ
38%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް