އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަޢޫދީ ރަސްގެފާނުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ރަސްގެފާނުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދުގެ ބޭބޭފުޅު، ހިޒް ހައިނެސް ޕްރިންސް މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާއި ގުޅިގެން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ސަޢޫދީ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޝާހީ ޢާއިލާއަށާއި، މަރުޙޫމުގެ ދަރިކަލުން ޕްރިންސް މަންސޫރު ބިން މުތްޢަބު ބިން ޢަބުދުލް ޢަޒީޒުއާއި އާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕްރިންސް މުތްޢަބު ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އަވަހާރަވުމާއި ގުޅިގެން ސަޢޫދީ ޝާހީ ޢާއިލާއަށް ކުރިމަތިވި މި ހިތާމަވެރި ދަނޑިވަޅުގައި އެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރުޙޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
50%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު