އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިނގިރޭސިވިލާތާ ނެދަލޭންޑްސްގެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ފޮނުވި 5 ޕާރުސަލް މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

އިނގިރޭސިވިލާތާ ނެދަލޭންޑްސްގެ ޕޯސްޓް މެދުވެރިކޮށް ރާއްޖެ ފޮނުވި 5 ޕާރުސަލް މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ޕޯސްޓްގެ ޒަރީއާއިން ތަފާތު ފަސް ފަހަރެއްގެ މަތިން ރާއްޖެއެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި24 ސެޕްޓެމްބަރ 2019 ވަނަ ދުވަހުއެވެ.

މީގެ ތެރޭގައި އެންމެ ގިނައީ ޕާޓީ ޑްރަގް ކަމަށްވާއިރު އިނގިރޭސި ސަފީރު ވަރަށް ލޯބިވާ، ޘަޤާފީ ގުޅުން ބަދަހިކުރާ ރެސްޓޯރަންޓެއް ރާއްޖޭގައި ހިންގަމުންދާކަން ސަފީރު ވަނީ ހާމަކޮށްފައެވެ.

# ނަން ޤައުމު ބަރުދަން

1 އެމް.ޑީ.އެމް.އޭ (އެކްސްޓެސީ) ނެދަރލެންޑްސް 04 ގްރާމް (11 ގުޅަ)

2 އެލް.އެސް.ޑީ އިނގިރޭސިވިލާތް 04 ގްރާމް (100 ސްޓޭމްޕް)

3 އެމް.ޑީ.އެމް.އޭ (އެކްސްޓެސީ) އިނގިރޭސިވިލާތް 33 ގްރާމް (ކްރިސްޓަލް)

4 އެމް.ޑީ.އެމް.އޭ (އެކްސްޓެސީ) އިނގިރޭސިވިލާތް 58 ގްރާމް (ކްރިސްޓަލް) 5 އެމްފެޓަމިން އިނގިރޭސިވިލާތް 32 ގްރާމް (ޕައުޑަރ)

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 131 ގްރާމް ހުރި ކަމަށާއި މިތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 278,000.00 (ދެލައްކަ ހަތްދިހަ އަށްހާސް) ރުފިޔާއަށް އަރާނެ ކަމށެވެ. އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް