އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވެރިންނާ ބޮޑުންނަށް ސަލާމްކުރަން އެދޭ ޢާންމުންނާއިމެދު ފަރުވާ ކުޑަނުކުރައްވާ! އެއީ ހެއްދެވޭ ވަރަށް ބޮޑު ގޯހެއް!

ވެރިންނާ ބޮޑުންނަށް ސަލާމްކުރަން އެދޭ ޢާންމުންނާއިމެދު ފަރުވާ ކުޑަނުކުރައްވާ! އެއީ ހެއްދެވޭ ވަރަށް ބޮޑު ގޯހެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

ޤައުމުތަކުގެ ވެރިންނާއި އަދި ބޮޑުންނަށް ސަލާމްކުރަން އެދޭ ޢާންމުންނާއިމެދު ފަރުވާ ކުޑަނުކުރައްވާށެވެ! އަދި އެބައިމީހުންގެ އަޑު އެއްސެވުމަށް ފަސްޖެހިވަޑައި ނުގަންނަވާށެވެ! އެއީ ހެއްދެވޭ ވަރަށް ބޮޑު ގޯހެކެވެ! އެފަދަ ކަމަކާއި ގުޅިގެން ﷲ ތަޢާލާ ވަގުތުން ވަޙީ ބާވައިލެއްވެވިކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ!

އަބޫދާބީގެ ކްރައުން ޕްރިންސްގެ ކިބައިން ދާދިފަހުން މިފަދަ ކަމެއް ފެނުމުން މުޅި ދުނިޔެހެން އެކަމުގެ ވާހަކަތައް ދެއްކިއެވެ. ތުއްތު ކުޑަކުއްޖަކު ސަލާމް ކުރަން އަތް ދިއްކުރުމުން އެކަމަށް ސަމާލުކަން ނުދެއްވުނު ވާހަކައެވެ. އިސްލާމް ދީނަށް ލޯބިކުރާ މީހުން ނަޞޭޙަތް ދިނެވެ. އިސްލާމް ދީނަށް ރުޅިއަންނަ މީހުން ފިތުނަ އުފެއްދިއެވެ.

ޙަޤީޤަތުގައި ކްރައުން ޕްރިންސް ވަޑައިގަތީވެސް ޢައިޝާ ކިޔާ ކުޑަކުއްޖަކާއި ބައްދަލުކުރެއްވުމަށް އޭނާގެ ގެއަށެވެ. އޭނާ އާއި ބައްދަލުވެސް ކުރެއްވެވިއެވެ. އޯގާތެރިކަމާއި ލޯބިވެސް ދެއްވެވިއެވެ. މިކަން ހިނގާފައިވަނީ ވަޑައިގެންނެވި މަގުމަތީގައެވެ. ފާޑުކީ މީހުން ކްރައުން ޕްރިންސްގެ ހިތްޕުޅު ހެޔޮ ކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފެތުރީ މަގުމަތިން ސަލާމް ނުކުރެއްވެވުނު ކުއްޖާގެ ހިތް ފަޅައިގެން ދިއަ ކަމުގެ ވާހަކައެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނީވެސް އެ ވާހަކަތަކަށެވެ. އެއީ އެބާވަތުގެ ކަންކަން ހިނގާނެ ގޮތެވެ.

މިދިއަ އަހަރުގެ ފަހުކޮޅު ރާއްޖޭގައިވެސް ހަމަ މިފަދަ ކަމެއް ހިނގިއެވެ. ގިނަ ބައަކު މަގުތަކަށް އެއްވެ މަރުޙަބާ ކިޔައި އުފާފައުޅުކުރަމުން ދިއަ ދުވަހަކު އެކަމަށް ނުކުމެ ހ.ކްއީން ސަރަހައްދުގައި ގޮނޑިއެއްގައި އިން މީހަކާއި ސަލާމްކުރީ 5 މިނިޓެއްހައި އިރު އަތްދިއްކޮށްގެން އިންފަހުން ސެކިޔުރިޓީން އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

އޭނާ މިހާރުވެސް ހިތާމަ އާއިއެކު އެގެންދަނީ އެންމެން ގާތު އެވާހަކަ ދައްކަމުންނެވެ.

އެއްވެސް މީހެއްގެ ޤަދަރު މާތް ﷲގެ ޙަޟްރަތުގައި އުފުލިގެންވާ މިންވަރު ހަމަ އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް