އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބިލް ފާސްކުރީ މަޖިލީހަށް ކައުންސިލަރުން ވަކިނުކުރެވޭ ގޮތަށް!

ބިލް ފާސްކުރީ މަޖިލީހަށް ކައުންސިލަރުން ވަކިނުކުރެވޭ ގޮތަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 35 ސިކުންތު

ލާމަރުކަޒީ ގާނޫނަށް މިއަދު ގެނައި އިޞްލާޙްތަކާއިއެކު މަޖިލިހުން މިއަދު ފާސްކުރީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނުލިބޭނެ ގޮތަށެވެ.

މި މައްސަލައަކީ ބަހުސް ވަރަށް ހޫނުވެގެންދިއަ މައްސަލައެކެވެ. އަދި ރައްޔިތުންގެ މެދުގައިވެސް ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވި މައްސަލައެކެވެ. މަޖިލީހުން ކައުންސިލަރުން ވަކިކުރުމުގެ އިޞްލާޙާއި މެދު ގިނަ ބައަކު ބުނަމުން ދިއައީ އެއީ ކައުންސިލް އިންތިޚާބަށް އަޅަން އުޅުނު ނިޔުކްލިއަރ ބޮމެއް ކަމަށެވެ.  

ލިބިފައިވާ ބައެއް ޚިޔާލުތައް: 

"ރައްޔިތުންގެ މަޖިލީހުން މީހަކު ވަކިކުރަން ބޭނުން ވެއްޖެ ނަމަ އެކަން ކޮށްލާ މޮޅުގޮތް ރައީސް ޔާމީނުގެ ވެރިކަމުގަ އާއި މިވެރިކަމުގައި ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. އެއިރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް އާއި އެއިރުގެ ފަނޑިޔާރު މުޢްތަސިމް ޢަދްނާން މަޤާމުން ދުރުކޮށް އެއްލައިލި ގޮތް ވަނީ ފެނިފައެވެ. އަދި އެއިގެ ފަހުން މިހައިތަނަށް މަޖިލީހުގައި އެކަން ކުރަމުން މިއަންނަ ގޮތް ވެސް މިދަނީ ފެންނަމުންނެވެ.

ކަންކަން މިފަދަ ޙާލަތެއްގައި ހުއްޓައި ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ވަގުތު އައިސް ބޯވަތިވުމުން ފެނިގެން މިދަނީ ވެރިކަން ކުރާ އެމްޑީޕީގެ ސްޕަރ މެޖޯރިޓީ އޮތް މަޖިލީހަށް ކައުންސިލަރުން ވަކިކުރުމުގެ ބާރު ލިބޭ ގޮތަށް ޤާނޫނު ބަދަލުކުރަން އުޅުނު ތަނެވެ."  

"މިޒަމާނުގަ މިބާވަތުގެ ކަންކަމުގަ ބަޑިއެއް ނުޖަހާނެ! އަޅާނީ ނިޔުކްލިއަރ ބޮން! އެހިސާބުން އޮންނާނީ ކަންކަންވެ ނިމިފަ. މިހާރުގެ ޑިކްޝަނަރީގަ ޚުދުމުތާރު މި ބަހެއް ނުލިޔާނެ. ލިޔާނީ ޤާނޫނު. ކިހާ ރީތި ދޮގެއްތޯ؟ މަޖިލީހުގެ ރިޔާސަތުން ވިދާޅުވާނެ. ރައްޔިތުންގެ ނިންމުމޭ މިއީ. ރައްޔިތުން ދިރި ތިއްބާ ކާލަން ފާސްކޮށްފަ ވެސް ވިދާޅުވާނެ ހަމަ މިއީ ރައްޔިތުންގެ ނިންމުމޭ!" މި އިބްލާޙާއި ގުޅިގެން މިފަދަ ތަފާތު ޚިޔާލުތައް ވަނީ ފައުޅުކޮށްފައެވެ.  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް