އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި އެކުލަވާލެވުނު މިނަމާޓާ އިނިޝިއަލް އެސެސްމަންޓްގެ ހޯދުންތައް ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ރާއްޖޭގައި އެކުލަވާލެވުނު މިނަމާޓާ އިނިޝިއަލް އެސެސްމަންޓްގެ ހޯދުންތައް ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 36 މިނެޓް, 6 ސިކުންތު

ދިވެހިރާއްޖޭގައި އެކުލަވާލެވުނު މިނަމާޓާ އިނިޝިއަލް އެސެސްމަންޓް ގެ ހޯދުންތައް ހިއްސާކުރުމަށް އެއްދުވަހުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.  

މަރކިއުރީ އަދި މަރކިއުރީއާ ގުޅުންހުރި މާއްދާތަކުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތު ސަލާމަތްކުރުމަށް، ޔުނައިޓެޑް  ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގެ ފަރާތުން 2013 ވަނަ އަހަރު، 'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' ގެ ނަމުގައި އެކުލަވާފައިވާ މި މުއާހާދާގެ މަޤްޞަދުތަކުގެ ތެރޭގައި، މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން އިންސާނުންގެ ސިއްޙަތާއި ތިމާވެށި ރައްކާތެރިކުރުމަށް މެންބަރު ޤައުމުތަކުން ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މި މުއާހަދާ ދިވެހިރާއްޖެއިން ތަސްދީޤު ކުރުމަށް މަގުފަހިކުރުމަށް "މިނަމާޓާ އިނީޝިއަލް އެސެސްމަންޓް" ނަމުގައި އެސެސްމަންޓްއެއް އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. މި ބައްދަލުވުމަކީ މި އެސަސްމެންޓުން ފާހަގަކުރެވުނު މުހިއްމު ކަންތައްތައް ކަމާގުޅޭ ދާއިރާތަކާއި ހިއްސާކޮށް މަޝްވަރާކުރުމަށްޓަކައި ބޭއްވޭ ބައްދަލުވުމެކެވެ. 

"މިނަމާޓާ އިނީޝިއަލް އެސެސްމަންޓް" ގެ ބޭނުމަކީ، ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް މާކިއުރީ މާއްދާއިން ފޯރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަށް އެކުލާވާލަފައިވާ 'މިނަމާޓާ ކޮންވެންޝަން އޮން މާކިއުރީ'  މުއާހަދާ ދިވެހިރާއްޖެއިން ތަސްދީގު ކުރުމުގެ ކުރިން،ދިވެހިރާއްޖޭގައި މާރކިއުރީ އާގުޅުންހުރި މާއްދާތައް ބޭނުންކުރެވޭ ގޮތާއި، ބޭނުންކުރެވޭ ދާއިރާތަކާއި އެތަކެތި ރެގިއުލޭޓްކުރުމަށް ރާއްޖޭގައި ހުރި މެކޭނިޒަމްތައް/އުސޫލުތައް ދެނެގަނެ، އަދި އިތުރުށް ހަރުދަނާ ކުރަންޖެހޭ ދާއިރާތަކާބެހޭ މައުލޫމާތުތައް އެއްކުރުމެވެ. މި އެސެސްމަންޓްގައި އެއްކުރެވުނު މައުލޫމާތުތަކުގެ ތެރޭގައި، މާކިއުރީ މާއްދާ އެކުލެވޭ އިކިޕްމަންޓް ރާއްޖޭގައި ބޭނުންކުރެވޭ މިންވަރު ދެނެގަތުމާއި، މާކިއުރީ މެނޭޖްކުރުމަށް އެންމެ އެކަށީގެންވާ ކަމާގުޅޭ ޤާނޫނު/ގަވައިދުތައް ރާޢްޖޭގައި އެކަށައަޅާފައި ހުރިތޯ، އަދި މާކިއުރީ މެނޭޖްކުރުމުގެ ގާބިލުކަން ސަރުކާރާގެ އިދާރާތަކުގެ ހުރި މިންވަރު ދެނެގަތުން ހިމެނެއެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ދިވެހިރާއްޖެއަކީ، މާރކިއުރީ މައިނިންގ މަސައްކަތްކުރާ ނުވަތަ އުފައްދާ ޤައުމެއް ނޫންކަމަށާއި އެހެންކަމުން ރާއްޖެއަށް މާރކިއުރީ ހިމެނޭ ތަކެތި އެތެރެވަނީ އެހެން ޤައުމުތަކުން އުފައްދާ ތަކެތި ރާއްޖެއަށް އިންޕޯޓުކުރުމުގެ ތެރެއިން ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބޭނުންކުރާ ތަކެތީގެ ތެރެއިން މައިގަނޑުގޮތެއްގައި މާރކިއުރީ ހިމެނޭ ތަކެތިކަމުގައި ފާހަގަކުރެވިފައިވަނީ، ބެޓެރިތަކުގައާއި، ކޮންޕެކްޓް ފުލޮސިސަންޓް ލޭމްޕްތަކުގައާއި، ސިއްހީ ދާއިރާގައި ބޭނުންކުރާ ތާރމޯމީޓަރސް އަދި ޑެންޓަލް އެމެލްގަމްގައި ކަމަށާއި މިތަކެތި ކުނީގެގޮތުން ނައްތާލުމުގައި ތިމާވެށްޓަށް ލިބިދާނެ ގެއްލުންތައް ވީހާވެސް ކުޑަކުރެވޭގޮތްތައް ހަމަޖައްސަންޖެހޭކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

މި އެސެސްމަންޓަށްފަހު، މާރކިއުރީ އެމިޝަންސް ނުވަތަ މާރކިއުރީ މެނޭޖްކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލެވޭނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު