އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޕާކިސްތާނުން 69 ލެޕްޓޮޕް ހަދިޔާކޮށްފި

ޕާކިސްތާނުން 69 ލެޕްޓޮޕް ހަދިޔާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 18 ސިކުންތު

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 69 ލެޕްޓޮޕް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ހަވާލުކޮށްފިއެވެ. 

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެޕްޓޮޕްތަކާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި މި ލެޕްޓޮޕްތައް މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއާ ހަވާލުކޮށްދެއްވީ ޕާކިސްތާންގެ އެމްބެސެޑަރ ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމެވެ. މި ލެޕްޓޮޕްތައް ބޭނުންކުރެވޭނީ މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންނަށް އެވޯޑް ކުރުމަށެވެ. މިއީ ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ލެޕްޓޮޕް ހަދިޔާކުރެއްވި 3 ވަނަ އަހަރެވެ.

ލެޕްޓޮޕް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްބެސެޑަ ވައިސް އެޑްމިރަލް (ރޓޑ.) ވަސީމް އަކްރަމް ވިދާޅުވީ ޕާކިސްތާނުން އަބަދުވެސް ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެކަމަށެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޢާއިޝަތު އަލީ ވަނީ ޕާކިސްތާން ސަރުކާރާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ސިއްޚީގޮތުން ރަނގަޅު ދުޅަހެޔޮ ހަށިހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރައްވާ މަސައްކަތުގެ ދަށުން ދަރިވަރުން ކުޅިވަރުކުޅޭނެ ސާމާނުވެސް ޕާކިސްތާން ސަރުކާރުން ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު