އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަލާ ހިތްހަމަޖެހުން ހޯދަން ކޮންމެހެން ކުރަން ޖެހޭ 5 ކަމެއް!

އުފަލާ ހިތްހަމަޖެހުން ހޯދަން ކޮންމެހެން ކުރަން ޖެހޭ 5 ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 17 ސިކުންތު

މިރޭގެ ދަރުސް ފެށުމުގެ ކުރިން ސިކުނޑިތައް ތާޒާކޮށްލުމުގެ ގޮތުން ކޮންމެ މީހަކުވެސް އަބަދުވެސް ކޮންމެ ހެން ކުރަން ޖެހޭ 5 ކަމެއް ބުނެދޭނަމެވެ! 

1- ވާހަކަ ދެއްކުމުގެ ކުރިން އެހެން މީހުން ދައްކާ ވާހަކައަށް އިޙްތިރާމްކޮށް އަޑުއެހުން

2- އެއްޗެއް ލިޔާނަމަ ލިޔުމުގެ ކުރިން މިލިޔެވޭ އެއްޗަކާއިމެދު ވިސްނުން

3- ކަމެއް ނުވާނެ ކަމަށް ނިންމުމުގެ ކުރިން އެކަމެއް ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން

4- މަރުވުމުގެކުރިން ޞަދަޤާތް ކުރެވެން ހުރި ހުރިހާ އެއްޗެއް ޞަދަޤާތްކުރުން

5- އެއްވެސް ކަމަކާއިމެދު ޝަކުވާކުރުމުގެ ކުރިން ލިބިފައިވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އލްހަމްދުލިﷲ ކިޔުން

މީގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ބައެއް މިހުން ކުރެއެވެ. ނަޞޭޙަތަކީ މި 5 ކަންތައް ކުރުމުގައި އަބަދުވެސް ސާބިތުވުމެވެ! 

5 ވަނައަށް މިބުނި ކަންތަކުގައި ހިފަހައްޓައިފިނަމަ ދެމަފިރިން އެކަކު އަނެކަކަށް ކުރަން ޖެހޭ ޝކުވާތައްވެސް މަދުވެގެންދާނެއެވެ. ކުރާނެ އެއްވެސް ޝކުވާއެއް ނެތްހައި މިންވަރަށެވެ. އެއީ އެއްވެސް ކަމެއް ނުވެގެން އެކަކު އަނެކަކަށް ޝަކުވާ ކުރުމުގެ ކުރިން، އެހައިތަނަށް ކޮށްދީފައި ހުރި ކަންކަމަށް ޝުކުރުވެރިވެއްޖެ ނަމަ ޝަކުވާ ކުރާނީ ހަމަ ވަރަށް މަދު މީހަކު ވަރަށް މަދު ފަހަރަކުއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް