އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީމާންތެރިންގެ ހިތެއް ނުފުރޭނެ! ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެން!

އީމާންތެރިންގެ ހިތެއް ނުފުރޭނެ! ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

ފުރިހަމައަށް އީމާން ވެވިއްޖެނަމަ ސުވަރުގެ ވަދެވެންދެން ވެސް އުޅޭނީ ކުރެވޭ އަޅުކަން މަދުވެގެންނެވެ. ކިތަންމެ ގިނަ އަޅުކަން ކުރެވުނު ނަމަވެސް ހިތެއް ނުފުރޭނެއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ފަރުޞު 5 ނަމާދުކޮށްލައި ރަމަޟާން މަހު ރޯދަ ހިފޭނަމަ ޤަބޫލުކުރެވުނީ އެއޮތީ ހުރިހާ އަޅުމެއް ފުރިހަމަކުރެވިފައި ކަމަށެވެ. ނަމަވެސް އެއީ ހަމަ މުޅިން ނުބައި ވިސްނުމެކެވެ. ކުށް ހީއެކެވެ.

އަހަރެމެން ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުލު ކުރެއްވވިކަން މިދުނިޔޭގައި ހުއްޓައި އެނގޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ. އެންމެ އަވަހަށްވެސް އެނގޭނީ މަރުވުމުންނެވެ. މަރުގެ މަލާއިކަތާ ފުރާނަ ހިއްޕަވަން ވަޑައިގަތުމުންނެވެ. އެހެންކަމަށްވާއިރު ފުދޭވަރަށް އަޅކަން ކުރެވިއްޖެ ކަމަސް ބަލައި ނިންމައިލާނީ ކިހިނަކުން ހެއްޔެވެ؟

މީސްތކުންނޭވެ! އަޅުކަން ކުރުމަކީ ހަށިގަނޑުގައި ނޭވާ ހިނގާހައި ހިނދަކު ހުއްޓައިލެވެން އޮތް ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ ގަދަ އަޅައި މަސައްކަތް ކުރަންވީ ވީހައިވެސް ގިނައިން އަޅުކަން ކުރެވޭތޯއެވެ! ކިރިޔާވެސް ސަލާމަތްކަމެއް ލިބުން ވަނީ އެއިރުންނެވެ. ނިކަން މިހަދީޘްފުޅަށް ވިސްނައިލަބަލާށެވެ!

Prophet Muhammad (ﷺ) said, "A believer never satisfies doing good until he reaches Jannah." At- Tirmidhi, Book 13, Hadith 1386

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް