އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާތް ﷲ ކީރިތި ޤުރްއާނުގަކަމެއް ބަޔާންކުރެއްވެވުމުން ނުރުހުން ފާޅުކުރާ މީހުންގެ އީމާންކަން މުރާޖަޢާކޮށް ތާޒާކުރަންޖެހޭ!: ޝައިޚް މުޙައްމަދު ލަޠީފް

މާތް ﷲ ކީރިތި ޤުރްއާނުގަކަމެއް ބަޔާންކުރެއްވެވުމުން ނުރުހުން ފާޅުކުރާ މީހުންގެ އީމާންކަން މުރާޖަޢާކޮށް ތާޒާކުރަންޖެހޭ!: ޝައިޚް މުޙައްމަދު ލަޠީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 42 ސިކުންތު

މާތް ﷲ ކީރިތި ޤުރްއާނުގައި ވަކި ގޮތަކަށް ކަމެއް ބަޔާންކުރައްވަވާފައިވަނިކޮށް އެކަމަށް ނުރުހުން ފާޅުކުރާ މީހުންގެ އީމާންކަން މުރާޖަޢާކޮށް ތާޒާކުރަންޖެހޭ ކަމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.  

ޝައިޚް މުޙައްމަދު ލަޠީފް މިފަދަ ބަސްފުޅެއް ވިދާޅުވީ އެމްއާރުއެމްގެ ނައިބް ރައީސާ ކަމުގެ މަޤާމުގައި ހުންނެވި ނާދިރާ ފަދަ ސިޔާސީ ގޮތުން މަތީ މަޤާމެއްގައި ހުންނެވި ބޭކަނބަލަކު، މާތް ﷲ ފިރިހެނުންނަށް 4 އަނބިން ހުއްދަކުރައްވަވާފައި ވަނިކޮށް އެކަމާއި ދެކޮޅަށް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަން ފެށުމާއި ގުޅިގެންނެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ "މާތް ﷲ ކީރިތި ޤުރްއާނުގައި ފިރިހެނުންނަށް ކައިވެނިކުރުމަށް ވަކި ޢަދަދެއް ހުއްދަކުރައްވާފައިވަނިކޮށް އެކަމާއި ނުރުހުން ފާޅުކުރާމީހުން، އެމީހުންގެ އީމާންކަން މުރާޖަޢާކޮށް ތާޒާކުރަންޖެހޭކަމަށެވެ. އަދި އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކުން މުޑުދާރުކުރެވުނު ހިތްތަށް ޠާހިރުވެގެންދާނީ އެއިރުން ކަމަށެވެ.  

މުސްލިމް ފިރިހެނުންނަށް 4 އަނބިން ހުއްދަ ކުރައްވަވާފައި އޮތް އޮތުމަކީ ކޮންމެ ފިރިހެނަކު 4 އަނބިން ގެންގުޅެން ލާޒިމް ކުރާ ކަމެއް ނޫނެވެ. އަދި އަންހެނުން ބޭނުންވެގެން ނޫނީ ކައިވެނިކުރަން ލާޒިމް ކުރާ ސަބަބެއް ނޫނެވެ.

ބައެއް އަންހެނުންނަށް އެންމެ އަންތބަކަށް ކައިވެނިކޮށްގެން ވެސް ދިރި ނުއުޅެވުމުގެ ސަބަބުން އެތައް ކައިވެންޏެއް ރޫޅެމުންދާއިރު އަދި އެއް އަންހެނަކު އެތައް ފިރިހެނުންނަކާއި ކައިވެނިކުރަމުންދާއިރު ކުރިމަތިވެފައިވަނީ އަނބިންގެ އަދަދުގެ މައްސަލައެއް ކަމަށް ބުނެ ނިންމައިލެވެން އޮތް ކަމަކަށްވެސް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. ހަމަ މިފަދައިން ބަލައިފިނަމަ އެއްބައި ފިރިހެނުން ވަރަށް ހަމަހަމަކަމާއިއެކު ގިނަ އަނބިން ގެންގުޅޭއިރު އިން އެންމެ އަނބިމީހާ އަބަދު ނޯށުން ރޮއްވާފައި ބައިންދާ ފިރިހެނުން ތިބިކަން ވެސް ފާހަގަކުރަން ޖެހެއެވެ.

ޢިލްމުވެރިން ފާހަގަކުރައްވާ ގޮތުގައި މިފަދަ ހުރިހާ މައްސަލަތަކެއްވެސް ކުރިމަތިވަމުން މިދަނީ އިސްލާމް ދީނުގެ ޙުކުމްތަކުގައި އެއްވެސް މައްސަލައެއް އޮތުމަކުން ނޫނެވެ. އިސްލާމް ދީނުގެ ޙުކުމްތަކަކީ އެންމެ ފުރިހަމަ ޙުކުމްތަކެވެ. ހުރިހާ މައްސަލަތަކެއް އުފެދެނީވެސް އިސްލާމް ދީނުގެ ޙުކުމްތަކަށް އަމަލު ނުކުރެވޭތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް