އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޝަރީޒް އެކްސްޕޯ ރައީސް ހުޅުއްވައިދެއްވައިފި

ފިޝަރީޒް އެކްސްޕޯ ރައީސް ހުޅުއްވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިޝަރީޒް އެކްސްޕޯ 2019 ހުޅުއްވައިދެއްވައިފިއެވެ. ފިޝަރީޒް އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވާ މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ބައެއް އީޖާދީ އުފެއްދުންތަކުގެ އިތުރުން ކުންފުނިތަކުން މަސްވެރިކަމުގެ ދާއިރާގައި ދެމުންގެންދާ ބައެއް ޚިދުމަތްތައް ބައްލަވާލައްވައި އެކްސްޕޯގެ ބައިވެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.

ފިޝަރީޒް އެކްސްޕޯއަކީ ދިވެހިރާއްޖޭގެ 39 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުމާލޭ ހުރަވީ ސްކޫލުގައި މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ އެކްސްޕޯއެކެވެ. މިއަހަރުގެ އެކްސްޕޯގައި 16 ކުންފުންޏަކުން ބައިވެރިވެފައިވާއިރު، މަހުގެ އުފެއްދުންތަކުގެ އިތުރުން އައިސްޕްލާންޓާއި ކޫލިންގ ސިސްޓަމްތަކާއި މެރިން އިންޖީނާއި މުވާސަލާތީ ބައެއް އާލާތްތައްވެސް މި އެކްސްޕޯގެ ސްޓޯލްތަކުގައި ދައްކާލަން ބަހައްޓާފައިވެއެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު