އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 39 ސިކުންތު

ހުސެއިން ޝަމީމް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) ގެ މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ގެ މަގާމުވެސް އަދާކުރައްވާފައިވާ ޝަމީމް އައްޔަން ކުރެއް ވުމަަށް ފާސްވެފައިވަނީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 74 މެމްބަރުންގެ އިއްތިފާގުންނެވެ.

ޕީޖީގެ މަގާމް ހުސްވެފައިވަނީ، އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް މިދިޔަމު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝަމީމް ވަނީ އެޓާނީ ޖެނެރަލް އޮފީހާއި ޕީޖީ އޮފީހުގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި ސިޔާސީ އިސް ބޭފުޅުންގެ ވަކީލުންގެ ޓީމުގައިވެސް ވަނީ މަސައްކަތް ކުރައްވާފައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު