އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް، އައްޔަން ކުރުމަށާއި ފަނޑިޔާރު ކަމަށް ސުއޫދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުކަމަށް މުއުތަސިމް، އައްޔަން ކުރުމަށާއި ފަނޑިޔާރު ކަމަށް ސުއޫދު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

އުއްތަމަ ފަނޑިޔާރުކަމަށް އަހުމަދު މުއުތަސިމް އަދުނާން އައްޔަން ކުރުމަށާއި ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފާސްވީ 68 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން ފާސްވީ 64 މެމްބަރުން ވޯޓުންނެވެ.

މުއުތަސިމް އަދްނާނު ވަނީ މީގެ ކުރިންވެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ. 2014 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުން މުއުތަސިމް އަދުނާނާއި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒުގެ ހުސައިން މަގާމު ގެއްލިގެންދިޔައެވެ.

ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ފުރިހަމަ ކުރެއްވި މުއުތަސިމް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވީ 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށެވެ.

ހުސްނުއްސުއޫދު މިހާރު ހުންނެވީ، މަރު ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު