އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޞާފުން ބޭރުން ރޔ، "ބައްޕަ" ހައްޔަރުކުރުމުން އަނގައިންވެސް ނުބުނި ޣައްސާން ކޯޓުގެ ޙުކުމަށް ރޔ ބަންދުކުރުމުން މަގުތަކަށް!

އިންޞާފުން ބޭރުން ރޔ، "ބައްޕަ" ހައްޔަރުކުރުމުން އަނގައިންވެސް ނުބުނި ޣައްސާން ކޯޓުގެ ޙުކުމަށް ރޔ ބަންދުކުރުމުން މަގުތަކަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 33 މިނެޓް, 48 ސިކުންތު

ރައްޔިތުންގެ ގިނަ ބައަކު އެންމެ ގިނައިން މިއަދު ދައްކާ އެއް ވާހަކައަކީ އިންޞާފުން ބޭރުން ޚުދުމުޚުތާރު ގޮތުގައި ރައީސް ޔާމީން، ޣައްސާން މައުޟޫންގެ ބައްޕާފުޅު މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށް ޖަލުގައި ބަންދުކުރުމުން އެއްވެސް ބަސްފުޅެއް ވިދާޅުނުވި ޣައްސާން މައުމޫން، ކޯޓުގެ ޙުކުމަށް ރައީސް ޔާމީން ބަންދުކުރުމުން މަގުތަކަށް ނުކުމެވަޑައިގެން ހަރު ބަސްތައް ވިދާޅުވެ މުޒާހަރާ ކުރައްވަން ފެށްޓެވި ވާހަކައެވެ. 

ޣައްސާނަށް ފެނިވަޑައިގަންނަވާ ގޮތަށް އެދުވަހު މަންމާފުޅު ނަސްރީނާ ކީރިތި ކުރައްވަމުން ގެންދެވިއިރު ލޯފުޅުން އޮހުރެމުން ދިއަ ކަރުނަ ފެނިވަޑައިގަތުމުން ވެސް އެއްވެސް އަސަރެއް ނުކޮށްފައި މިއަދު މިހައި ވަރެއްގެ އަސަރެއް ރައީސް ޔާމީނު ބަންދުކުރުމުން ކުރި ސަބަބާއިމެދު ސުވާލުތައް ވަނީ އުފެދިފައެވެ.

ރައީސް މައުމޫން މިނިވަން ކުރަން ގޮވާލައި ބޭއްވި އެއްވެސް އެއްވުމަކުން ވެސް ޣައްސާން ފެނިފައެއް ނުވެއެވެ. ރައީސް މައުމޫނަށް އިންޞާފު ދިނުމަށް ގޮވާލައި ކޯޓުތައް ކައިރިއަށް އެއްވި އެއްވެސް ދުވަހަކުވެސް ޣައްސާން ފެނިފައެއް ނުވެއެވެ.

ނަމަވެސް ރައީސް ޔާމީނު މިނިވަންކުރަން ގޮވާލައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން ރޭ ބޭއްވި މުޒާހަރާގައި ޣައްސާން ވަނީ ތަޤްރީރުކުރައްވައިފައެވެ. ޕީޕީއެމްގެ ލީޑަރޝިޕަށް ކުރިމަތިލެއްވީ ނޫންބާވައެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް