އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޯ ގްރީން ކެމްޕެއިން ރައީސް ފަށްޓަވައިދެއްވައިފި

ގޯ ގްރީން ކެމްޕެއިން ރައީސް ފަށްޓަވައިދެއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު

ކްލީން މޯލްޑިވްސް ޖަމިއްޔާގެ ގޯ ގްރީން ކެމްޕެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ފަށްޓަވައިދެއްވައިފިއެވެ.

ހުޅުމާލޭ ފޭސް ދޭއް ސަރަޙައްދުގައި މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވި މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ކްލީން މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ހިންގާ ހަރަކާތެކެވެ. މި ހަރަކާތް ފަށްޓަވައިދެއްވުމުގެ ގޮތުން ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރުކެއް އިންދަވާދެއްވާފައެވެ

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެޖަމިއްޔާއިން ޑިޒައިންކޮށް ތަޢާރަފްކުރާ ތިމާވެއްޓާ ރަށްޓެހި ކޮތަޅު އިފްތިތާޙުކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި ކްލީން މޯލްޑިވްސްގެ ރައީސް އައިޝަތު މަލީހާ ޒަމީލް އަދި ނައިބު ރައީސް ރައުނާ ޢަލީ ޝަރީފް ވަނީ ތިމާވެށްޓާއި ރަށްޓެހި ކޮތަޅެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައިވެއެވެ.

މި ހަރަކާތުގެ ދަށުން 500 ރުކާއި 500 މަގޫ ގަސް ހުޅުމާލޭ ފޭސް ދޭއްގައި އިންދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެ ޖަމިއްޔާގެ ފަރާތުން ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް 500 ރުކާއި 500 މަގޫ ގަސް ހަދިޔާކޮށްފައެވެ. މިތަކެތި އެޗްޑީސީއަށް ހަދިޔާކޮށްފައިވަނީ އެޖަމިއްޔާގެ ދެ މެމްބަރުންކަމަށްވާ އައިޝަތު ހަމީޒް އަދި އީނާސް އަޙްމަދެވެ.

ކްލީން މޯލްޑިވްސް އަކީ ތިމާވެށްޓާމެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެކެވެ. މިއަދުގެ މި ހަރަކާތުގައި ބެނެފިޓް، ނަމަކަށްކިޔާ ޖަމިއްޔާއަކުންވެސް ވަނީ 11 ހިތިގަހާއި 6 އޯކިޑް ގަސް އެޗްޑީސީއަށް ހަދިޔާކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު