އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުން ތިމާއާމެދު ދޮގު ވާހަކަ ފަތުރާތީ ކަންބޮޑުނުވާށެވެ! ބަރުވަމުންދާނީ ތިބާގެ ހެޔޮ ޢަމަލުތަކުގެ ފަތަށެވެ!

މީހުން ތިމާއާމެދު ދޮގު ވާހަކަ ފަތުރާތީ ކަންބޮޑުނުވާށެވެ! ބަރުވަމުންދާނީ ތިބާގެ ހެޔޮ ޢަމަލުތަކުގެ ފަތަށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 23 ސިކުންތު

ދޮގު ހެދުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އަދި ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ނަމަވެސް ދޮގު ހެދުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދުނިޔަވީ ފައިދާއެއް ލިބިގަތުމަށް ނުވަތަ އެމީހަކު ރުޅި އަންނަ މީހެއްގެ ދުވަސް ދުއްވައިލަން ދޮގު ހަދަން ފަސް ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ.

މިފަދަ މީހުން އެއްވެސް ޖެހިލުމެއްނެތި ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދަން ވެސް ދޮގު ހަދައެވެ. ބޮޑެތި އޮޅުވައިލުންތައް އޮޅުވައިލައެވެ. ނަމަވެސް އެއީ ހަމަ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ. 

ޙަޤީޤަތަށް ނުބަލައި މީހުން ދައްކާ ވާހަކަ ޤަބޫލުކުރާ ނަމަ އެއިގެ މާނައަކީ ތިބާއަށް އިތުބާރު ނުކުރާ ކަމެވެ. ޙަޤީޤަތް ކިޔައިދިނުމުން ޤަބޫލުކުރަން ބޭނުން ނުވާނަމަ އެއިގެ މާނައަކީ އެހެރީ އިންޞާފުން ބޭރުގައި ކަމެވެ. އެހިސާބުން އެކަމާއި އިތުރަށް ވިސްނަން ނުހަދައި ﷲ ތަޢާލާއަށް ވަކީލުކޮށްފައި ނިންމައިލާށެވެ. 

ދޮގު ހަދައި އޮޅުވައިލެވޭނީ އިންސާނުންނަށެވެ. ކިތަންމެ ބައިވަރު ދޮގުތަކެއް ހެދި ނަމަވެސް އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. ވީމާ މީހަކު ނުވަތަ ބައަކު ކިތަންމެ ގިނަ ދޮގުތަކެއް ހެދި ނަމަވެސް އަލައިވެސް ނުލާށެވެ! އެކަމުގެ ސަބަބުން ބަރުވަމުންދާނީ ތިބާގެ ހެޔޮ އަމަލުތަކުގެ ފަތަށެވެ!

"އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިއަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ ޢިއްޒަތެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ޔޫނުސް: 65) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް