އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގައި އިތުރުވަމުން ދަނީ އިސްލާމް ދީނަށް ލޯބިކުރާ މީހުން! ހެކި މިހިރީ ފެންނަން!

ރާއްޖޭގައި އިތުރުވަމުން ދަނީ އިސްލާމް ދީނަށް ލޯބިކުރާ މީހުން! ހެކި މިހިރީ ފެންނަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 52 ސިކުންތު

ރާއްޖޭގައި މުރުތައްދުވާ މީހުން ގިނަވާކަމަށް މުރުތައްދުވާ މީހުން ބުނަމުން ދިއަ ނަމަވެސް އިތުރުވަމުން ދަނީ އިސްލާމް ދީނަށް ޢަމަލުކުރާ މީހުންނެވެ. މިސްކިތްތަކުންނާއި ޤުރްއާން ކްލާސްތަކުން އެކަން ދަނީ އެނގި ހާމަވަމުންނެވެ.

ކުރީ އަހަރުގެ އަހަރީ ޗުއްޓީ އާއި އަޅައި ބަލާއިރު މިއަހަރުގެ އަހަރީ ޗުއްޓީގައި މިސްކިތަށް އަރާ ކުޑަކުދިންގެ ޢަދަދު ގިނަކަން އެއީ މިކަމުގެ ހެއްކަކަށް ފުދޭނެއެވެ. ހަމަ އެއާއިއެކު އިސްލާމީ ނިޒާމުގެ ތެރެއިން ތުއްތު ކުދިންގެ ތައުލީމީ ބިންގާ އަޅަން ބޭނުންވާ ބެލެނިވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ވެސް ފާހަގަކުރެވެއެވެ.

 

ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުން އަހަރުން އަހަރަށް ދަނީ ގިނަވަމުންނެވެ. 6 އަހަރުގެ ތުއްތު ކުއްޖަކު ޙާފިޡަކަށްވީ ދާދި މިދާކަށް ދުވަހުއެވެ. ކޮންމެ ރެއެއްގެ ޢިޝާ ނަމާދަށްފަހު ލިބޭ އެންމެ ބޮޑު އެއް އުފަލަކީ ހާފިޡަކަށް ވުމަށް 95 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައި ހުރި ކުޑަ ކުއްޖަކު ދެން އޮތް 5 އިންސައްތަ މަސައްކަތް ފުރިހަމަ ކުރަން މަސައްކަތްކުރާ މަންޒަރު ފެންނަކަމެވެ. މާތް ﷲ، އޭނާ އާއި އެހެން ދަރިވަރުންގެ ވެސް ހިތް އަލި ކުރައްވަވައި އެކުދިން ކުރާ ކުރާ މަސައްކަތުގައި މަސައްކަތުގައި ކާމިޔާބީ މިންވަރުކުރައްވަވާށި! އާމީން

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީން ބޭއްވި ކުޑަކުދިންގެ ހަވީރަށް އެދުވަހުގެ ހަވީރާއި ރޭގަނޑު ލިބުނު ބޮޑު ތަރުޙީބް އެފަދަ ކަމަކަށް މިއިން ޒަމާނެއްގައިވެސް ލިބިފައެއް ނުވެއެވެ. ޚާއްޞަކޮށް ފާހަގަކުރަން ޖެހޭ ކަމަކީ އެދުވަހު ހަވީރު އޮތްކަން އެނގުނީވެސް މެންދުރުވާން ކައިރިވެފައި ހުއްޓައި ކަމަށްވެފައި އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެހައި ގިނަ ބައަކު ބައިވެރިވުމުންނެވެ. ހަމައެއާއިއެކު އެންމެ ބޮޑަށް އުފާކުރަން ޖެހޭ އެއް ކަމަކީ ޚިޠާނުކުރުމަށްފަހު ޝައިޠާނާއަށް ދައުވަތުދިނުން މިއަހަރު ވަރަށް ބޮޑުތަން މަދުކަމެވެ. އެކަން އެނގެނީ ޝައިޠާނީ ދުންމާރީގެ އަޑު މިއަހަރު ވަރަށް ބޮޑުތަން މަޑުވުމުންނެވެ. މަގުމައްޗަށް ނުކުތުމުން ބޮލުގަ ރިހޭ ރިހުމަށް މިއަހަރު ވަރަށް ބޮޑު ލުޔެއް ލިބިފައިވާކަން ފާހަގަކުރެވޭތީއެވެ.

މިކަމާއި ގުޅިގެން ބައެއް ބެލެނިވެރިން ބުނެފައިވަނީ ޝައިޠާނާ ގެއަށް ވަންދަން ޚަރަދުކުރުމުގެ ބަދަލުގައި އެމީހުން ފައިސާ ހޭދަކުރީ ދަރިންނަށް ކަމަށެވެ. ޞިއްޙަތަށް ފައިދާހުރި ތަކެތި ކުދިންނަށް ކާން ދިނުމަށް ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ކުދިންނަށް މާ ބޮޑަށް އުފާވެރިކަންވެސް ލިބުނު ކަމަށެވެ. އަދި ޑޮކްޓަރުން އުންމިދުކުރި ވަރަށްވުރެ އަވަހަށް އެމީހުންގެ ދަރިން ރަނގަޅުވެ ތަންމަތިން ދޫކޮށްލެވުން އަވަސްވެސްވި ކަމަށެވެ.

ސޯޝަލް މީޑިއާގައި މަދު ބައަކު މަދު ލާރިކޮޅަކަށް އެމީހުންގެ ޢަޤީދާ ވިއްކާލައިގެން ތިބެ ބަސް ބުނުމަކީ މުރުތައްދުވާ މީހުންގެ ޢަދަދު ގިނަވުމެއް ނޫނެވެ. އެކަން އެގޮތަށް މެދުވެރިވެގެން އުޅެނީ އެމީހުންނަށް މިސަރުކާރުގެ ތެރެއިން ހިތްވަރު ލިބެން ފެށުމުން ކުރިން ފިލައި ތިބެފައި ނުކުމެގަންނަން ފުރުޞަތު ލިބުމުން ނުކުމެގަތުމުންނެވެ. އެމީހުން ދިފާޢުކޮށްދޭ އެމީހުންގެ "ބެލެނިވެރިޔާ" ދައުލަތުގެ އެއްބާރުގެ ވެރިކަމުގައި ހުރުމުންނެވެ.

މުރުތައްދުން ގިނަވާ ކަމަށް މުރުތައްދުން ފަތުރާ ވާހަކަތައް ޤަބޫލުކުރެވެން ނެތީ ބަޔާންކުރި ހެކިތައް ފެންނަމުންދާތީއެވެ. މުސްލިމުން މާޔޫސް ކުރުވޭތޯ އެ ފަތުރާ ދޮގު މައުލޫމާތު ޤަބޫލުކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެވާހަކަތައް އަޑުއެހުމުގެ ބަދަލުގައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަންވީ އެމީހާ ސުވަރުގެ ދިއުމަށާއި އަނބިދަރިންނާއި ޢާއިލާ ގޮވައިގެން ސުވަރުގެ ދިއުމަށެވެ.

"ދިވެހި ޤައުމު މިނިވަންކަމާ އިސްލާމްކަންމަތީގަ އަބަދަށް!" އިން ޝާ ﷲ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް