އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައިއެޅެންވެސް ހެޔޮ ނުވާނެ މީހުންނަކީ އެކުވެރިން ކަމުގައި ބަލައި ދެ ދުނިޔެ ނަގައިނުލާށެވެ!

ވައިއެޅެންވެސް ހެޔޮ ނުވާނެ މީހުންނަކީ އެކުވެރިން ކަމުގައި ބަލައި ދެ ދުނިޔެ ނަގައިނުލާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 11 ސިކުންތު

ނަމާދު ނުކޮށް، ސުންނަތް ނުކޮށް، ޛިކްރު ނުކޮށް ކީރިތި ޤުރުއާން ނުކިޔަވައި ވަގުތުތައް ތިއަ ހޭދަކުރާ ރަޙްމަތްތެރިޔާގެ ވަރު އެނގޭ ހެއްޔެވެ؟ އެންމެ ފުދިފައި ހުންނައިރުވެސް ކަމަކު ކިޔައިފިނަމަ ހަނދާންހުރި ކަމަކަށް ނުހަދާނެއެވެ! ތަންކޮޅެއް ބޮޑު ކަމަކު ކިޔައިފިނަމަ ތިބާ ޢާއި ދުރުހެލިވާނެއެވެ! މިޒަމާނުގެ ބަހުރުވައިންނަމަ ގުޅީމަ ފޯނުވެސް ނުނގާނެއެވެ! 

ދެން ނިކަން ބުނެބަލާށެވެ! އޭނާއަށް ތަންކޮޅެއް ދަތި ދުވަހެއް އަތުވެއްޖެނަމަ އޭނާއަށް ތިބާ ފެންނާނެ ހެއްޔެވެ؟ އަމިއްލައަށް ފުންކޮށް ވިސްނާލުމަށްފަހު އަމިއްލައަށް ޖަވާބުދޭށެވެ!  

މީސްތަކުންނޭވެ! ރަޙްމަތްތެރިންނަށް ވަގުތު ދޭން ޖެހޭނީ ކުރަންޖެހޭ އަޅުކަންތައްތައް ފުރިހަމަކުރުމާއިއެކު އަދި ޢާއިލީ ޒިންމާވެސް އުފުލުމަށްފަހު ވަގުތު އޮތް ނަމައެވެ. އެހެނީ ޢާއިލީ ޒިންމާ އުފުލުމަކީވެސް އަދާކުރަންޖެހޭ ވާޖިބެކެވެ. ޢައިލީ ޒިންމާ ކަމުގައި ބަލަންޖެހޭނީ ހަމައެކަނި އަނބިދަރިންނެއްވެސް ނޫނެވެ. މައިންބަފައިންނާއި ރަޙިމުގެ ގުޅުން އޮތް އެންމެންނެވެ.  

މިބަޔާންކުރި ކަންކަމަށް ވަގުތު ނުދީ ހުރަސްއަޅާ އެއްވެސް މީހަކީ ތިބާއަށް އެއްވެސް ވަރަކަށް ހެޔޮ އެދޭ މީހެއް ނޫނެވެ. އެހެނީ އޭނާ ބާރު އެ އަޅަނީ ތިބާ އާއި ﷲ ތައާލާ މަތިކުރައްވަވާފައިވާ ޒިންމާތައް އަދާކުރުމަށެވެ! ތިބާއަށް ސުވަރުގެ ދެވެން ހުރި މަގުތައް ބަންދުކުރުމަށެވެ! ވީމާ އެފަދަ މީހުންނަކީ އެކުވެރިން ކަމުގައި ނުބަލާށެވެ! އަވަހަށް އެމީހުންނާއި ދުރުހެލިވެ ދުނިޔެ އާއި އާޚިރަތް ލިބިގަންނަން މަސައްކަތްކުރާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް