އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިރޭ ތިބާގެ ފުރާނަ ނުގެންދަވައިފިނަމަ ފަތިހު ހޭލައިގެން މި ނަޞޭޙަތް ކިޔައި ޢަމަލުކުރާށެވެ!

މިރޭ ތިބާގެ ފުރާނަ ނުގެންދަވައިފިނަމަ ފަތިހު ހޭލައިގެން މި ނަޞޭޙަތް ކިޔައި ޢަމަލުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 34 މިނެޓް, 20 ސިކުންތު

ﷲ ބޭނުންފުޅުވެވޮޑިގެންނެވިނަމަ ރޭ ވެސް އިއްޔެވެސް އަދި ކޮންމެ ވަގުތަކުވެސް ތިބާގެ ފުރާނަ ހިއްޕެވީހެވެ. އެކަމަށް ހުރަސް އެޅޭނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އެކަން ހުއްޓުވަން ކުރެވޭނެ ހަމައެއްވެސް ކަމެއް ވެސް ނުއޮންނާނެއެވެ. 

ވީމާ ތިބާގެ ފުރާނަ ނުހިއްޕަވައި ލަސްކުރައްވަވާ ސަބަބާއިމެދު ފުންކޮށް ވިސްނައިލާށެވެ! އެއީ ތިބާއަށް ދެއްވަވާ އެންމެ ފުރުޞަތެވެ. އެންމެ މަތިވެރި ނިޢްމަތްވެސް މެއެވެ. ވީމާ ޝުކުރުވެރިވާށެވެ! 

ޝުކުރުވެރިވުމަކީ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފުމެވެ. އަވަހަށް ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފެށުމެވެ. ނަރަކައިން ސަލާމަތްވުމުގެ މަސައްކަތް އަވަހަށް ކުރަން ފަށާށެވެ! ތިބާއަށް އެދެއްވަވަނީ ބަދަލުވުމުގެ ފުރުޞަތުކަމަށް ޔަޤީންކުރާށެވެ! 

އެއްވެސް ފުރުޞަތަކީ ދާއިމީ ފުރުޞަތަކަށް ނުވާނެއެވެ. އަދި އެއްވެސް ފުރުޞަތަކީ އެމީހަކު ބޭނުންވާހައި ދުވަހަކަށް ދެމިގެންދާނެ ފުރުޞަތެއް ނޫނެވެ. ކޮންމެ ފުރުޞަތެއްވެސް ނިމުމަމަކަށް އަންނާނެއެވެ. ގެއްލޭނެއެވެ. ވީމާ މިކަންކަމަށް ވިސްނައި ކޮންމެ މީހަކުވެސް ފުރުޞަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ! އަޚްލާޞްތެރި ތައުބާއަކުން ތައުބާވުން އަވަސްކުރާށެވެ! 

ފުރުޞަތުގެ ބޭނުން ނުހިފާ ހުއްޓައި މަރުހިއްޕަވަން މަލާއިކަތާ ވަޑައިގެންފި ނަމަ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ. ހަމަ ފަޅި ސިކުންތެއްހައި އިރުގެ ތެރޭގައި ކޮންމެ މީހަކަށް ވެސް ޖެހޭނީ ދުނިޔެ ދޫކުރާށެވެ! ފަހުން ކުރަން ވިސްނައިގެން ހުރި އެއްވެސް ކަމެއް ނުކޮށް ޖެހޭނީ ކައްވަޅަށް ދާށެވެ! ވީމާ ދެއްވެވި ފުރުޞަތުގެ ބޭނުން ހިފުމަށް އަވަސްވެގަންނާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް