އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްވެރިކަމަށް ޚިދުމަތް ކުރި 4 ފަރާތެއްގެ އަގުވަޒަންކޮށް މަސްވެރިންނަށް 2 އެޕްލިކޭޝަނެއް ތައާރަފްކޮށްފި

މަސްވެރިކަމަށް ޚިދުމަތް ކުރި 4 ފަރާތެއްގެ އަގުވަޒަންކޮށް މަސްވެރިންނަށް 2 އެޕްލިކޭޝަނެއް ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 39 ސިކުންތު

މަސްވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރަމުންދިޔަ ހަތަރު ފަރާތެއްގެ އަގުވަޒަންކޮށް މަސްވެރިންނަށް ހާއްސަކޮށް ދެ އެޕްލިކޭޝަނެއް ތައާރަފްކޮށްފިއެވެ.

އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައިވަނީ މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ހިދުމަތްތައް ކޮށްފައިވާ ފަރާތްތަކަށެވެ. އެގޮތުން ހަތަރު ދާއިރާއަކުން މަސްވެރިކަމަށް އެކި އެކި ހިދުމަތްތައް ކޮށްދެއްވާފައިވާ ހަތަރު ފަރާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަނދާނީ ފިލާ އަރުވާފަ އެވެ.

ހަނދާނީ ފިލާ އެރުވުނު ފަރާތްތަކަކީ ދޮށީގެ މަސްވެރިކަން ކުރިއެރުވުމުގެ ދާއިރާއިން އަދްނާން އަލީ، ގ. އާސަމްއެވެ. މަސްވެރިކަމުގެ ދާއިރާ އަށް ޒުވާނުން އަހުލުވެރި ކުރުމުން ދިވެހި މަސްވެރިންނަށް ހަނދާނީ ފިލާދީފައިވާއިރު މަސްވެރިކަމުގެ އާ ޓެކްނޮލޮޖީ ތައާރަފުކޮށް އަހުލުވެރި ކުރުމުގެދާއިރާއިން މައިޒާން އިލެކްޓްރޯނިކްސް އަށް ވަނީ ހަނދާނީ ފިލާ ދީފައެވެ. އަދި މަސްވެރިކަމާ ކަނޑުގެ ވެއްޓާ ގުޅޭ ދިރާސާތައް ކުރުމުގެ ދާއިރާއިން ހަނދާނީ ފިލާ ދީފައިވަނީ ހުސައިން ޒާހިރު، ނައިޓް ކުއީން، ސ. ހިތަދޫ އަށެވެ.

އަދި 5 ފަރާތަކަށް ފާއިތުވެދިޔަ އަހަރު މަސްވެރިކަމާ ގުޅުންހުރި އެކި އެކި ކަންކަމުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަން ކޮށްވެސް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ.

މީގެއިތުރުން "ފަހި ހަކަތަ" އަދި "ކެޔޮޅު" މޯބައިލް އެޕްލިކޭޝަ ވަނީ މިރޭ ނެރެފައެވެ.

ފަހި ހަކަތަ އެޕްލިކޭޝަނަކީ މަސްވެރިންނަށް ޑިއުޓީގެ އިނާޔަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން، މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން މަސްވެރިންނަށް ޑީސަލްގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ސަރުކާރުން ކަނޑައަޅާފައިވާތީ އެކަން ތަންފީޒުކުރުމަށް މި އެޕްލިކޭޝަން އެހީތެރިވެދާނެއެވެ.

ކެޔޮޅު އެޕްލިކޭޝަނަކީ މަސްވެރިންނަސް މިނިސްޓްރީން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، މިނިސްޓްރީއަށް ފޮނުވަންޖެހޭ މައުލޫމާތު ފޮނުވުމަށް ހާއްސަ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ފޯމު ފުރުމާއި ވަގުތުން އެ ފޯމު މިނިސްޓްރީއަށް ފޮނުވާލުމުގެ މަގު ތަނަަވަސް ވެގެންވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު