އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިންޑިއާއިން ފިޔާ އަގުބޮޑުކުރުމުން ތުރުކީއަށް މިސްރާބު ޖަހައިފި

އިންޑިއާއިން ފިޔާ އަގުބޮޑުކުރުމުން ތުރުކީއަށް މިސްރާބު ޖަހައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

އިންޑިއާއިން ފިޔާ އަގުބޮޑުކުރުމުން ދިވެހި ބައެއް ވިޔަފާރިވެރިން ތުރުކީއަށް މިސްރާބު ޖަހައިފިއެވެ.

 

މިއަދުނޫހަށް މައުމާތު ދެއްވި ވިޔަފާރިވޗެރިއަކު މިއަދު ވިދާޅުވީ އިންޑިއާއިން ފިޔާ ޓަނެއް ގަންނަން ލިބެނީ 1800 ޑޮލަރަށް ކަމަށާއި އެ އަގުގައި ރާއްޖެ ގެނެސް ހޯލްސޭލް ކުރެވޭނީވެސް އެންމެ ކުޑަކޮށް ބެލި ނަމަވެސް ކިލޯއެއް 40 ރުފިޔާއަށް ކަމަށެވެ. ވީމާ ކިލޯއެއް ވަކިން ވިއްކާއަގު 45 ރުފިޔާއަށްވުރެ ހެޔޮ ނުކުރެވޭނެ ކަމަށެވެ.

 

"އެހެންވެ މިހާރު އިންޑިއާ ބަނދަރުގަ ހުރި ބޯޓު ފަހަރަށް ދިވެހި އެއްވެސް ވިޔަފާރިވެރިއަކު ފިޔާ ބަރު ނުކުރާ ކަމަށް އެޖެންޓް ބުނަނީ. 10 ޓަނު ފިޔާ ފޮނުވައިދޭށޭ ބުނީމާ ބުނީ އެހެން ވިޔަފާރިވެރިން ނުގެންދާތީ އެންމެ 10 ޓަނު ނުފޮނުވޭނެކަމަށް."

އޭނާ މައުލޫމާތު ދެއްވި ގޮތުގައި ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ތުރުކީން ގަނެފައިވާ ފިޔާގެ ބައެއް ޝިޕްމަންޓްތައް މިހާރުވަނީ ކަނޑުމަތީގައެވެ. ތުރުކީގެ ފިޔާ ލިބުމުން 25 ރުފިޔާއަށް ކިލޯއެއް ވިއްކޭނެއެވެ.

"ޕާކިސްތާނުން އެބަ ލިބޭ 1000 ޑޮލަރަށް ޓަނެއް ގަންނަން. އެއީ އިންޑިއާ އާއި އަޅާބަލާއިރު 800 ޑޮލަރު ކުޑަ އަގެއް. ނަމަވެސް ސީދާ ޝިޕިންގ ލައިން ނެތުމުން ޖެހެނީ ކޮލޮމްބޯ މަގުން ގެންނަން. އެކަމަސް ގިނަ ދުވަސް ނަގާ. އަދި ގެންނަން ވެސް ޖެހެނީ ރީފަރ ކޮންޓޭނަރުގަ. ގެނެސް ބެހެއްޓޭނެ އިންތިޒާމެއް ނެތް. މީގެ އިތުރުން ރީފަރގަ ގިނަ ދުވަސް ވީމާ ކޮލިޓީ ވެސް ދަށްވާނެ." އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް