އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީނަށް ޙުކުމްކުރުމުން ތަންފީޒްކުރާތީ ބޭރުގެ އެއްވެސް ބައަކު ޝަކުވާއެއް ނުކުރޭ!: ހޫދު

ރައީސް ޔާމީނަށް ޙުކުމްކުރުމުން ތަންފީޒްކުރާތީ ބޭރުގެ އެއްވެސް ބައަކު ޝަކުވާއެއް ނުކުރޭ!: ހޫދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކުރިގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމުން 5 އަހަރު ދުވަހަށް ޖަލުގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން ޙުކުމް ތަންފީޒު ކުރަމުން ބޭރުގެ އެއްވެސް ފަރާތަކުން އަދި މިހައިތަނަށް ސަރުކާރަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ސަރުކާރުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޫދު ވިދާޅުވީ ބޭރުގެ އެއްވެސް ފަރާތަކުން އެކަމާއި ކަންބޮޑުވެގެން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހައިތަނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން ކަމަށް ބުނާބައަކު އިއްޔެ ވަނީ މާލޭގައި ހުރި ޔޫއެން ބިލްޑިންގ ކުރިމަތީގައި ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި މުޒާހަރާވެސް ކޮށްފައެވެ. ނަމަވެސް ރައީސް ޔާމީނު ވިދާޅުވެފައިވަނީ ދާޚިލީ ކަންކަމާއި ބޭރުގެ ފަރާތްތަކަށް ނުބެހެވޭނެ ކަމަށާއި ބަންދުގައި ތިބޭ މީހުން މިނިވަންކުރަން ބޭރުގެ ފަރާތްތަކުން ބުނުމަކީ ދާޚިލީ ކަންކަމާއި ބެހުން ކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހައްޔަރުކުރި ބައެއް ބޭފުޅުން މިނިވަންކުރަން އދ އިން ގޮވާލުމުން ރައީސް ޔާމީން ވިދާޅުވީ އެއަޑު އައްސަވަންވެސް ބޭނުންފުޅު ނުވާ ކަމަށެވެ. ޔޫއެންއިން ދެންމެ ދެންމެ ރާއްޖެ ވަކިވެދާނެ ކަމަށް ހީކުރެވުނު ވަގުތުތައްވެސް ދިއައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް