އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކާ ލިބެން ހުރި ފުރުޞަތުތަކުގެ މައުލޫމާތު ދެނީ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހިންގާ ކޯސްތަކާ ލިބެން ހުރި ފުރުޞަތުތަކުގެ މައުލޫމާތު ދެނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 33 މިނެޓް, 40 ސިކުންތު

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ "ފުރުޞަތު 2020" ގެ ނަމުގައި އެ މަރުކަޒުން ކިޔަވައިދޭ ކޯސްތަކާއި ލިބެން ހުރި ފުރުޞަތުތަކުގެ މައުލޫމާތު އަނގައިދިނުން މިމަހުގެ 14 ވަނަ ދުވަހު ހަވީރު ކުރިއަށް ގެންދާނެ ކަމަށް އެ މަރުކަޒުން ބުނެފިއެވެ. 

މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޢާންމު ފަރާތްތައްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަވީރު އިފްތިތާޙްކުރުން އޮންނާނީ 14 ޑިސެމްބަރ 2019 ވާ ހޮނިހިރުދުވަހުގެ  ހަވީރު 16:00 ގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައެވެ.

މި ހަރަކާތުގެ ތެރެއިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހިންގަމުންދާ ކޯސްތަކާއި ޕްރޮގްރާމްތަކާއިގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ކޯސް ފުރިހަމަ ކުރަމުންދާއިރު ހުރި ފުރުސަތު ތަކާއި ބެހޭ މަޢުލޫމާތު ލިބިގެންދާނެއެވެ. ހަމައެހެންމެ ކޯސްތަކުގައި ކިޔަވައިދޭ މޮޑިއުލްތަކާއި މުއްދަތު ފަދަ މުހިއްމު މަޢުލޫމާތު ދިނުމާއި ކޯސްތަކާއި ޕްރޮގްރާމް ތަކުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފޯމް ފުރުމަށް އެހީތެރިވެދިނުންވެސް ކުރިއަށް ގެންދެވޭނެއެވެ. އޯޕަންޑޭގެ ހަރަކާތްތައް 14 ޑިސެންބަރ 2019 ހޮނިހިރު، 16:00 – 18:00. 20:00 – 22:00 ގައި ކުރިއަށްގެންދާނެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު